logoEN
WAMCO TOP 1
ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ދަރިފުޅު އިދާ އެންގޭޖްވެއްޖެ

ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ދަރިފުޅު އިދާ އެންގޭޖްވެއްޖެ

ސާރާ އަހުމަދު

logo

7/13/2026, 9:09:49 AM

# ބޮލީވުޑް

އިދާ އަލީ އާއި ކުރިޝް އަގްރަވާލް

ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޖަބް ވީ މެޓް" އާއި "ރޮކްސްޓާ" ފަދަ ފިލްމުތައް ގެނެސްދިން ކާމިޔާބު ޑައިރެކްޓަރު އިމްތިޔާޒް އަލީގެ އާއިލާއަށް ބޮޑު އުފާވެރިކަމެއް ލިބިއްޖެއެވެ.

THE TRAVELLER AD

އޭނާގެ އަންހެން ދަރިފުޅު އިދާ އަލީ، ލޯބިވެރިޔާ ކުރިޝް އަގްރަވާލްއާ އެންގޭޖްވެއްޖެއެވެ.

އިދާ ވަނީ ނޯވޭގެ ފިނި މޫސުމުގެ ރީތި މަންޒަރުތަކުގެ ތެރޭގައި ކުރިޝް އޭނާއަށް ކައިވެންޏަށް ހުށަހެޅި ރޮމޭންޓިކް ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ކަނޑާއި ފަރުބަދަތަކުގެ ރީތި މަންޒަރުތަކުގެ ކުރިމަތީގައި، ކުރިޝް ވަނީ އިދާއަށް ކައިވެންޏަށް އެދި ހުށައަޅައިފައިއެވެ.

އިދާގެ މި ޕޯސްޓަށް ބޮލީވުޑްގެ ތަރިން ކަމަށްވާ ޚުޝީ ކަޕޫރު، އަނޫޝްކާ ސެން އަދި އޭނާގެ ގާތް އެކުވެރިން ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ.

އިދާ އަލީއަކީ ވެސް ބައްޕަ ފަދައިން ފިލްމީ ދާއިރާއަށް ޝައުގުވެރިވާ، ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޒުވާނެކެވެ.

ކޮމެންޓް
ފަހުގެ
HDC