
--
ވަކި ޚާއްޞަ އުސޫލުތަކެއްގެ ދަށުން މަސައްކަތް ކުރުމަކީ ހީވާގީކަމާއި ހުނަރުވެރިކަން އިތުރުވާ ކަމެވެ.

ޚާއްޞަކޮށް ގެއިން ބޭނުންނެތް ކުނިބުނި ގިނަވެގެން އެއްޗެހި މަދުކުރަން އުޅޭއިރު މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
ގެއިން އެއްޗެހި މަދުކުރަން ދުނިޔޭގައި ވަރަށް މަގުބޫލު އުސޫލެއް އޮވެއެވެ. އެއީ "90/90 އުސޫލު" އެވެ.
މަޝްހޫރު މިނިމަލިސްޓުން ކަމަށްވާ ޖޯޝުއާ ފީލްޑްސް މިލްބާން އާއި ރަޔަން ނިކޮޑެމަސް ތައާރަފުކުރި މި އުސޫލަކީ، އެއްޗެއް އުކާލަން ނުވަތަ ހަދިޔާކުރަން ނިންމުމުގެ ކުރިން އަމިއްލަ ނަފްސާ ދެ ސުވާލެއް ކުރުމަށް ބިނާވެފައިވާ ކަމެކެވެ.
އެ ދެ ސުވާލަކީ ވޭތުވެދިޔަ 90 ދުވަސް ތެރޭގައި ތިމާ މި އެއްޗެއް ބޭނުންކުރިން ހެއްޔެވެ؟ އަދި އެހެން ނޫން ނަމަ، ކުރިއަށް އޮތް 90 ދުވަސް ތެރޭގައި މި އެއްޗެއް ބޭނުން ކުރާނެ ހެއްޔެވެ؟
މި އުސޫލަށް 90/90 ގެ ނަން ދެވިފައިވީ ނަމަވެސް، އޭގެ މާނައަކީ ސީދާ 90 ދުވަސް ގުނުމެއް ނޫނެވެ. ތިމާ ސާފުކުރާ ތަނެއްގެ ގޮތުން މި މުއްދަތު ބަދަލުކުރެވިދާނެއެވެ. މިސާލަކަށް އައިސްއަލަމާރި ސާފުކުރާ ނަމަ މި މުއްދަތު ދެ ހަފްތާއަށް ނުވަތަ މަހަކަށް ކުރުކޮށްލެވިދާނެއެވެ. އަދި މޫސުމީ އެއްޗެހި ރައްކާކުރާ ތަންތަން ސާފުކުރާ ނަމަ މިއަށްވުރެ ދިގު މުއްދަތެއް ވެސް ޚިޔާރުކުރެވިދާނެއެވެ. އެންމެ ފައިދާ ބޮޑީ މަސައްކަތް ފެށުމުގެ ކުރިން ވަކި މުއްދަތެއް ކަނޑައަޅައި، އެއަށް އަމަލުކުރުމެވެ.
ކޮންމެ އުސޫލެއް ބޭނުންކުރިޔަސް، ފުރަތަމަ ފިޔަވަޅަކީ އަލަމާރީގައި ހުރި ހުރިހާ އެއްޗެއް ބޭރަށް ނެރެ، އަލަމާރި އެއްކޮށް ފޮހެ ސާފުކުރުމެވެ. އޭގެފަހުން އެއްޗެހިތަކުގެ ތެރެއިން އުކާލަންވީ އެއްޗެއްސާއި ބަހައްޓާނެ އެއްޗެހި ވަކިކުރުމެވެ. މި އުސޫލުގެ އެންމެ ރަނގަޅުކަމަކީ ހަމައެކަނި ސިކުންތުކޮޅެއްގެ ތެރޭގައި ސުވާލަށް ޖަވާބުލިބުމެވެ. އަދި "ކޮންމެވެސް ދުވަހަކުން ބޭނުންވެދާނެ" ކަމަށް ހީކޮށް ހެދުންތަކާ މެދު އޮންނަ ބޭކާރު އިހުސާސީ ގުޅުންތައް ކަނޑާލަން ފަސޭހަވެއެވެ.
މި އުސޫލަކީ ވަރަށް ސާދާ އަދި ނަތީޖާ ފެންނަ ގޮތެކެވެ.
ގުޅުންހުރި

"90/90 އުސޫލު": އަލަމާރިތައް ހުސްކޮށްލަން އެންމެ މޮޅު ގޮތް!

ކިޗަން ކައުންޓަރޓޮޕްތަކުގައި ބޭނުންކުރަން އެންމެ ކަމުނުދާ 5 ކުލަ!

އެއްޗެހި ފޮށިތަކުން ނަގާ "ސިލިކާ ޕެކެޓް" އަކީ ގޭތެރެއަށް ކިހާ މުހިންމު އެއްޗެއް؟




