logoEN
WAMCO TOP 1
އެއްޗެހި ފޮށިތަކުން ނަގާ "ސިލިކާ ޕެކެޓް" އަކީ ގޭތެރެއަށް ކިހާ މުހިންމު އެއްޗެއް؟

އެއްޗެހި ފޮށިތަކުން ނަގާ "ސިލިކާ ޕެކެޓް" އަކީ ގޭތެރެއަށް ކިހާ މުހިންމު އެއްޗެއް؟

ސާރާ އަހުމަދު

logo

7/1/2026, 4:00:00 PM

# ލައިފް ހެކްސް

--

އާ ފައިވާންނެއް، ދަބަހެއް ނުވަތަ ބޫޓެއް ފަދަ އެއްޗިހި ކަނޑާއިރު އޭގެ ތެރެއިން ފެންނަ ކުދިކުދި ސިލިކާ ޖެލް ޕެކެޓްތަކަކީ ގިނަ މީހުން އޭގެ މުހިންމުކަން ނުވަތަ އޭގެ ބޭނުން ނޭނގޭ އެއްޗެކެވެ. ނަމަވެސް، މިއީ ގޭތެރޭގައި ހުންނަ ތެތްކަން ކަނޑުވާލައި، ތަކެތި ހަލާކުވުމުން ސަލާމަތްކުރަން ބޭނުންކުރެވިދާނެ ވަރަށް މޮޅު އެއްޗެކެވެ.

THE TRAVELLER AD

ސިއްހީ އަދި ސާފުތާހިރުކަމުގެ ދާއިރާގެ މާހިރެއް ކަމަށްވާ ކަރީނާ ޓޯނާ ހާމަކުރާގޮތުގައި، މި ޕެކެޓްތައް ގޭތެރޭގެ އެކި ކަންކަމުގައި އަލުން ބޭނުންކުރެވިދާނެއެވެ.

ތެތްކަން ހުންނަ ވަތްގަނޑުތަކާއި ފޮށިތައް ހިއްކުން: ބަންދުކޮށްފައި ހުންނަ ފޮށި ނުވަތަ އަލަމާރީގެ ވަތްގަނޑުތަކުގައި ނުބައި ވަހެއް ނުވަތަ ތެތްކަމެއް ހުންނަނަމަ، އޭގެ ތެރެއަށް ސިލިކާ ޕެކެޓެއްލާށެވެ. އެ ޕެކެޓުން ހުންނަ ތެތްކަން މަޑުމަޑުން ދަމައިގަންނާނެއެވެ.

ޓޫލްބޮކްސްތައް ދަބަރުޖެހުމުން ސަލާމަތްކުރުން: ދަގަނޑު ސާމާނު ހުންނަ ފޮށިތަކުގައި ގިނަ ދުވަހު ތެތްކަން ހިފާފައި ހުރުމުން ދަބަރު ޖަހައެވެ. ސިލިކާ ޕެކެޓްތައް މި ފޮށިތަކަށް އެޅުމުން އޮކްސިޑޭޝަންގެ މަރުހަލާ ލަސްކޮށްދީ، ދަގަނޑު ސާމާނުތައް ދަބަރުން ސަލާމަތްކޮށްދެއެވެ. (ޕެކެޓްތަކަށް ފެންދަމައިގަނެ ފުރުމުން އާ ޕެކެޓް ބަހައްޓަން ހަނދާންކުރާށެވެ).

ފާޚާނާ ކެބިނެޓްތައް ތެތްވުން ހުއްޓުވުން: ފާޚާނާއަކީ އަބަދުވެސް އާވިއާއި ފެނުގެ އަސަރު ހުންނަ ތަނަކަށްވާތީ، ފާޚާނާ ސިންކު ދަށުގައި ހުންނަ ކެބިނެޓްތަކާއި ވަތްގަނޑުތަކަށް މި ޕެކެޓްތައް ލުމުން އެތަންތަނުގެ ތެތްކަން ހިފަހައްޓައިދެއެވެ.

އިލެކްޓްރޯނިކްސް ސާމާނު ރައްކާތެރިކުރުން: ކެމެރާ، ޗާޖަރު އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ގިނަ ދުވަހަށް ފޮއްޓަށްލާފައި ބަހައްޓާއިރު އޭގެ އެތެރޭގައި އާވި ހިފުމުން މި ޕެކެޓް ދުރުކޮށްދެއެވެ.

ހެދުންތަކުން ނުބައި ވަސްކެނޑުވުން: ގިނަ ދުވަސްވީ ފޮށިތަކުން ހެދުން ނަގާއިރު ބައެއް ފަހަރު ނުބައި ވަހެއް ހުރެއެވެ. ހެދުން އަޅާ ފޮށިތަކަށް ނުވަތަ އަލަމާރިއަށް ސިލިކާ ޕެކެޓް ލުމުން ފޮތިތައް ތެތްވިޔަނުދީ ވަސް ނުބައި ވިޔަ ނުދީ ބަހައްޓައިދެއެވެ.

ކޮމެންޓް
ފަހުގެ
HDC