
އަކަންޝާ ރަންޖަން އާއި ޝަރަން ޝަރުމާ
ބޮލީވުޑްގެ ބަތަލާ އަކަންޝާ ރަންޖަން ކަޕޫރް އާއި މަޝްހޫރު ޑައިރެކްޓަރު ޝަރަން ޝަރުމާ އިއްޔެ ކައިވެނިކޮށްފިއެވެ.

އަކަންޝާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ކައިވެނީގެ ރީތި ފޮޓޯތައް ހިއްސާކޮށް، މި އުފާވެރި ޚަބަރު ފޭނުންނާ ހިއްސާކޮށްފައިއެވެ.
މި ކައިވެނި ބާއްވާފާއި ވަނީ އަކަންޝާގެ މުމްބާއީ ގޭގައި ވަރަށް ސާދާކޮށް، ހަމައެކަނި އާއިލާ އާއި ގާތް މީހުންނާއެކުއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަކަންޝާ އިނީ ރަންކުލައިގެ ފަރުމާ އެކުލެވޭ ރީތި ރަތްކުލައިގެ ސާޅީއެއްގައެވެ. އަދި ޝަރަން ހުރީ ހުދުކުލައިގެ ކުރުތާ އެއްގައި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ކައިވެނީގެ ކުރިން ބޭއްވި 'ސަންގީތު' ހަފްލާ ވަރަށް ފޯރިގަދައެވެ. އެ ހަފްލާގައި އާލިއާ ބަޓްގެ އިތުރުން ޖާންވީ ކަޕޫރް، ކަރަން ޖޯހަރް އަދި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވިއެވެ. އަދި މިއަދު މުމްބާއީގައި މި ދެމަފިރިންގެ ބޮޑު ރިސެޕްޝަން ޕާޓީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު، އަކަންޝާ އެންމެ ފަހުން ފެނިގެންދިޔައީ ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާގެ ނެޓްފްލިކްސް ތުރިލާ ފިލްމު "އިއްކާ" އިންނެވެ.
އަދި ޑައިރެކްޓަރު ޝަރަން ޝަރުމާ އެންމެ ފަހުން އުފެއްދީ ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރުގެ ކާމިޔާބު ކްރިކެޓް ފިލްމު "މިސްޓަރ އެންޑް މިސިސް މާހީ"އެވެ.






