logoEN
WAMCO TOP 1
މިއަދު ފެނުނީ ރައީސްގެ ސިޔާސަތަށް އޮތް ތާއީދު: އަބްދުލްރަހީމް

މިއަދު ފެނުނީ ރައީސްގެ ސިޔާސަތަށް އޮތް ތާއީދު: އަބްދުލްރަހީމް

# ރައްޔިތުންގެ މަޖިލީހުގެ ރައީސް# ޕީއެންސީ

ފޮޓޯ: ގާފު އޮންލައިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުން ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ރައްޔިތުންގެ މެދުގައި ތާއީދު ކަމަށް ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެ ޕާޓީގެ އިންތިޚާބާއި ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއީ އެތެރޭގެ އިންތިޚާބަކަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ. މިއީ ޕާޓީއާއި ދޭތެރޭ ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރާއި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި ތާއީދު އޮތް މިންވަރު ވަރަށްބޮޑަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ އެހެންނޫނިއްޔާ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އިންތިޚާބެއްގައި 2000 އާއި 3000 މީހުން ވެސް ވާދަ ނުކުރާނެ ކަމަށާއި އެހެންނަމަވެސް ފެނިގެން މިދަނީ ކޮންގްރެސް ޕާޓީގެ ސަރުކާރުން ކުރަމުންގެންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަކަން ކަމުގައި ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ވާދަކުރި އެންމެހާ ފަރާތްތަކުން ސުލްޙަވެރިކަމާއިއެކު އިންތިޚާބު ނިންމާލުމަށް ވަރަށް ބޮޑަށް ސަމާލުކަންދިން ކަން ވަނީ ފާހަގަކުރައްވާފައެވެ.

" ޕާޓީގެ އެތެރޭގައި އޮތީ ސުލްޙަވެރި ފިކުރުކަން އިންތިޚާބުގެ ތެރެއިން ވަރަށް ބޮޑަށް އެކަން ފެނިގެން ދިޔަ. 45000 މީހުންގެ %85 ވޯޓު ދިނުމަކީ މިކަހަލަ އިންތިޚާބެއްގައި އެއީ ނާދިރުކަމެއް."

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ބާއްވާފައިވަނީ، މިއަދު ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.

ކޮމެންޓް
ފަހުގެ
HDC