logoEN
WAMCO TOP 1
ޕީއެންސީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކާމިޔާބުކަމާއެކު ނިންމާލައިފި

ޕީއެންސީ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކާމިޔާބުކަމާއެކު ނިންމާލައިފި

# ޕީއެންސީ

ޕީއެންސީގެ އެތެރޭގެ އިންތިހާބު - ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދިޔަ މި އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދުގައި 5 ތަނެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެއެވެ. އަދި ރަށްރަށުގެ ވޯޓުލުން ކުރިއަށް ދިޔައީ ވޯޓުލުން ކުރިއަށް ގެންދިޔުމަށް އެރަށްރަށުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ. 131 ރަށެއްގައި މި އިންތިހާބުގައި 2500އެއްހާ ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ޕީއެންސީގެ ހިންގާ ގަވާއިދުގައިވާ ގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.

މި އިންތިހާބާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވެފައިވަނީ މިއީ ޕާޓީގެ ބަދަހިކަން އިދިކޮޅު ފަރާތްތަކަށް އެނގިގެންދާނެ އިންތިހާބެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބުކަމާއި، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބުކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
ފަހުގެ
HDC