logoEN
WAMCO TOP 1
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

# ޕީއެންސީ# އިންތިޚާބު

-

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

THE TRAVELLER AD

މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

View post on Twitter

މާލެ ސަރަހައްދުގައި 5 ތަނެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެއެވެ. އަދި ރަށްރަށުގެ ވޯޓުލުން ކުރިއަށް ދާނީ ވޯޓުލުން ކުރިއަށް ގެންދިޔުމަށް އެރަށްރަށުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ. 131 ރަށެއްގައި ކުރިއަށްދާ މި އިންތިހާބުގައި 2500އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ.

ޕީއެންސީގެ ހިންގާ ގަވާއިދުގައިވާ ގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.

ކޮމެންޓް
ފަހުގެ
HDC