
ފުލުހުންގެ 42 ވަނަ އަސާސީ ކޯހުގެ 140 ދަރިވަރުންނަށް ޖިންސީ ފުރައްސާރައިގެ ގާނޫނުގެ މައުލޫމާތު ދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2014) އަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނަކީ، ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުން މި ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށެވެ. 140 ދަރިވަރުން ބައިވެރިވި މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭ ކޮމިޓީގެ ފަރާތުންނެވެ.
މި ސެޝަންގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ގާނޫނު ހުއްދަކުރާކަމެއް ނޫންކަމަށާއި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް މުވައްޒަފެއްގެ ނުގަބޫލުގައި އެހެން މީހަކު އެއްވެސް މުވައްޒަފަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކަމަށް ބެލެވޭ ބަސްތައް ބޭނުންކުރާނަމަ އަމަލުކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، މި ގާނޫނުގައި ހިމެނޭ، ވަޒީފާއަށް އެދި އަންނަ ފަރާތްތަކާއި ވަޒީފާގައި ދެމިހުރުމާއި ކުރިއަށް ދިޔުން އަދި ހައްގުތަކުން މަހުރޫމު ނުކުރުމުގެ އިތުރުން ވަޒީފާ ދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އެޅުމާއި ޖިންސީ ފުރައްސާރަކުރުމާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




