logoEN
WAMCO TOP 1
އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިންގުން އިޞްލާޙުކުރާ މަގުޗާޓު އެކުލަވާލުމަށް 10 މެންބަރުންގެ ކޮމިޓީއެއް: މުގައްރަަރަކީ ފައްޔާޒު!

އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިންގުން އިޞްލާޙުކުރާ މަގުޗާޓު އެކުލަވާލުމަށް 10 މެންބަރުންގެ ކޮމިޓީއެއް: މުގައްރަަރަކީ ފައްޔާޒު!

އަހުމަދު ޝުރާއު

logo

7/9/2026, 10:12:58 AM

# އެމްޑީޕީ

-

އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިންގުމުގެ ނިޒާމަށް އަންނަންޖެހޭ މުހިންމު ބަދަލުތަކުގެ މަގުޗާޓު އެކުލަވާލުމަށްފަހު، އެ މަސައްކަތްތައް ފުރިހަމަކޮށް ނިންމުމަށްޓަކައި 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމިޓީއެއް އެ ޕާޓީގެ ޗެއަރޕާސަން ރަސްމީކޮށް އެކުލަވާލައްވައިފިއެވެ.

THE TRAVELLER AD

އެމްޑީޕީގެ ސެކްރެޓޭރިއެޓުން މި މަގުޗާޓު އެކުލަވާލާފައިވަނީ 02 މެއި 2024 ވީ ބުރާސްފަތި ދުވަހުއެވެ. މި މަގުޗާޓުގެ މައިގަނޑު އަމާޒަކީ ޕާޓީގެ އެތެރޭގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ޒަމާނީ ބަދަލުތަކާއެކު ޕާޓީގެ މަސައްކަތްތައް އަލުން ތަރުތީބުކުރުން ކަމުގައި އެމްޑީޕީން ބުނެއެވެ.

މި ކޮމިޓީގެ މުޤައްރިރަކަށް ހަމަޖައްސަވާފައިވަނީ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޟް އިސްމާއިލް (މއ. ބޯގަންވިލާ / މާލެ) އެވެ. މީގެ އިތުރުން ސިޔާސީ އަދި ގާނޫނީ ދާއިރާގެ ބޮޑެތި ތަޖުރިބާކާރުން ހިމެނޭހެން މި ކޮމިޓީގައި ދެން ބައިވެރިވެވަޑައިގަންނަވާ މެންބަރުންނަކީ:

  • އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ - ގ. އޮއިނާށި / މާލެ
  • އަލްއުސްތާޛް އިމްތިޔާޒް ފަހްމީ - މ. އަފްޒާ / މާލެ
  • އަބްދުﷲ ސާދިޤް - ކައުސަރު / ސ. ހިތަދޫ
  • އަލްއުސްތާޛް މައުރޫފް އަޙްމަދު - ނިއުލައިޓް / ލ. ކަލައިދޫ
  • އިބްރާހިމް ވަޙީދު - މ. ބަނަފްސާވިލާ / މާލެ
  • މުޙައްމަދު ރަޝީދު ޙުސައިން - މ. ޖަވާހިރުވާދީ / މާލެ
  • އަޙްމަދު އަބްދުﷲ - އޯޝަންވިލާ / ހއ. ތަކަންދޫ
  • އަލްއުސްތާޛް މަޙްފޫޒް ސައީދު - ވިކްޓަރީ / ގއ. ކޮލަމާފުށި
  • ޔާސިރު ޢަބްދުލްލަޠީފް - މިޒާޖް / ހދ. ކުޅުދުއްފުށި

އެމްޑީޕީގެ ސެކްރެޓޭރިއެޓުން މައުލޫމާތު ދޭ ގޮތުގައި، މި ކޮމިޓީން ކުރިއަށް އޮތް ތަނުގައި ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ދިރާސާކޮށް، މަގުޗާޓުގައިވާ ގޮތުގެ މަތިން އިޞްލާޙީ ބަދަލުތައް އެކުލަވާލައި ޕާޓީގެ ކައުންސިލަށް ހުށަހަޅާނެއެވެ.

މިއީ ކުރިއަށް އޮތް ސިޔާސީ ހަރަކާތްތަކަށް ޕާޓީ އިތުރަށް ތައްޔާރުވެ، އިންތިޒާމުތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އެމްަޑީޕީން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC