logoEN
WAMCO TOP 1
ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު

ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު

# އެމްޑީޕީ# ރައްޔިތުންގެ މަޖިލިސް# މުހައްމަދު ސައީދު# އިކޮނޮމިކް މިނިސްޓަރ# ޑޮލަރު

މިނިސްޓަރު ސައީދު

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަކީ ނިމިދޔަ އެމްޑީޕީގެ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮށް، ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ 19 ވަަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނު ސަސްޕެންޑްކޮށް، ޒިންމާވާން ނުޖެހޭ އެތަކެއް ލުއިތަކެއް ދީގެން 8،000 މިލިޔަން (8 ބިލިޔަން ) ރުފިޔާ ޗާފުކޮށްގެން ބާޒާރަށް ނެރުމުގެ ޒިންމާ ނަގަަންޖެހޭނީ ކުރީ ސަރުކާރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ނިކަމެތިވެ، ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮޑު ވެގެންދިޔައީ އެއްވެސް ޓްރާންޕޭރެންސީއެއް ނެތި އެކަން ކުރުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގާނޫނު ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕުކުރަމުން ގެންދިޔައީ. އެހެންވީމަ އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެ ކަމަށް ބުނެ އަޅުގަނޑުމެން އެވާހަކަ ދެއްކިން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އެކަން އެގޮތައް ނުކުރުމަށް އިންޒާރު ދެމުންދިޔައިރުވެސް، އެމްޑީޕީ ވެރިކަމުގެ ތެރޭގައި އުފެދިފައިއޮތް ޑިމޮކްރެޓްސް ފެކްޝަނުންވެސް އެމްޑީޕީގެ ސަރުކާރަށް ފައިސާ ޗާޕު ނުކުރުމަށް ގޮވާލަމުން ދިޔަކަމަށެވެ. އަދި ފައިސާ ޗާޕުކުރުމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަން އިތުރުވާނެ ކަމަށް އެބޭފުޅުން ބުނަމުންދިޔަ ބުނުން އަޑުނޭހުމުގެ ނަތީޖާއަކީ ކުރީގެ ސަރުކާރު ނިމުމަކަށް އަންނަން ޖެހުނު ސަބަބެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޑޮލަރުގެ މައްސަލައަކީ އެމްޑީޕީގެ ރައީސް ނަޝީދުގެ ސަރުކާރުން ޑޮލަރުގެ ރޭޓު 10 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދުގެ ބޭންޑެއްގައި ހިފެހެއްޓުމަށް ނިންމި ނިންމުމުގެ ލޮޅުންތައް އަދިވެސް އިހުސާސް ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން އަދިވެސް ސަލާމަތް ނުވެވިގެން އުޅޭކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވަނީ މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ފަހުގެ
HDC