logoEN
WAMCO TOP 1
ކްރެޑިޓް އުސޫލުން ފުލުހުންނަށް އެއަރ ޓިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ކްރެޑިޓް އުސޫލުން ފުލުހުންނަށް އެއަރ ޓިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

7/9/2026, 10:10:02 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ތަފާތު ދަތުރުތަކަށް ކްރެޑިޓް އުސޫލުން އެއަރ ޓިކެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެގެން، އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޝައުގުވެރިވާ އެންމެހާ ވިޔަފާރިތަކަށާއި އޭޖެންސީތަކަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

THE TRAVELLER AD

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާން ނަންބަރު 171-Y(FBM2)/IUL/2026/075 (ޕްރޮޖެކްޓް ނަންބަރު: PC-171/2026/T229) އާ ގުޅިގެން މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، އިއުލާނާއެކު އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަކުރުމަށްފަހު، އަށް އީމެއިލް ކުރަންޖެހެއެވެ.

ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީވިކަން ކަށަވަރުވާނީ ފުލުހުންގެ ފަރާތުން ރަސްމީ ރަޖިސްޓްރީ ނަންބަރެއް ދޫކުރުމުންނެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ސުންގަޑިއަކީ 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ މުހިންމު 12:00 އެވެ. މި ސުންގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައިނުގަނެވޭނެ ކަމަށް ފުލުހުންގެ ޕްރޮކިއުމަންޓް ސެކްޝަނުން ވަނީ ސާފުކޮށްދީފައެވެ.

އަދި މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް އިތުރު ސުވާލެއް ނުވަތަ އޮޅުންފިލުވަން ބޭނުންވާ ކަމެއްވާނަމަ، 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ އީމެއިލަށް ފޮނުވައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ފޯނު ނަންބަރު 9790052 އަށް ގުޅައިގެން ނުވަތަ މެދުވެރިކޮށް ވެސް ހޯދޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC