
ފުލުހުންގެ ތަމްރީނުތައް ކުރިމަގުގައި އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާނަން - ސީޕީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
އެކަށީގެންވާ ތަރައްޤީއަކާއި ކުރިއެރުމެއް ތަނަކަށް ލިބިގެންދިއުމުގައި މުދައްރިބުންނަކީ އެންމެ މުހިންމު ދައުރެއް އަދާކޮށްދޭ އެއްފަރާތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ މުދައްރިބުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި މުދައްރިބުންނާ މުހާތަބުކުރައްވައި ސީޕީ އަޙްމަދު މުޙައްމަދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ކާމިޔާބީއާއި، ކޯސް ނިންމުމުގެ ގޮތުން ބޭއްވުނު ޕާސިންގ އައުޓް ޕެރޭޑް ހަފުލާ ވަރަށް ކުލަގަދަކޮށް، ފުރިހަމައަށް ގެންދިއުމުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ވަކިން ޚާއްޞަކޮށް ކޯހުގެ މުދައްރިބުން އަދާކުރި ބޮޑު ދައުރު ފާހަގަކުރައްވައި، އެފަރާތްތަކަށް އިޚްލާޞްތެރި މަރުހަބާއާއި ޝުކުރު ދެންނެވިއެވެ.
ކުރިއަށް އޮތް ތަނުގައިވެސް މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބިއްޖެނަމަ އެކަމަށް އިޖާބަދެއްވުމަށް ބާރުއަޅުއްވަމުން ކޮމިޝަނަރ ވިދާޅުވީ، އާ ފުލުހުން ތަމްރީނުކުރުމާއި، ކުދިންނަށް ކިޔަވައިދިނުމުގައި ކުރެވޭ މަސައްކަތަކީ ކިހާ ސީރިއަސް އަދި މަސްއޫލިއްޔަތު ބޮޑު ކަމެއްކަން ދަނެގެން އެ ކަންކަމުގައި އުޅުމުގެ މުހިންމުކަން މިއަދު ތަސައްވަރުކުރެވޭ ކަމަށެވެ.
"މިފަދަ މުހިންމު މުއައްސަސާއެއްގައި ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމުގެ ޒިންމާ ހަވާލުކޮށްގެން މުޖުތަމައުގައި ހަރަކާތްތެރިވާ ކޮންމެ ފުލުހަކަށް، އެ ފުލުހެއްގެ ދައުރު އަދާކުރުމަށްޓަކައި ބޭނުންވާނޭ ތަރުބިއްޔަތާއި އިލްމު އުނގަންނައިދިނުމުގެ އިތުރުން، ބޭނުންވާނޭ އެހެނިހެން ޓްރެއިނިންގތައް ވެސް މެދުނުކެނޑި ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެން. އަދި ކުރިމަގުގައި އެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާނަން،" ސީޕީ ވިދާޅުވިއެވެ.
ހަމައެހެންމެ، މުދައްރިބުންގެ ގޮތުގައި ނަން ބޭނުންކުރިޔަސް، ހަގީގަތުގައި ކުރެވޭ މަސައްކަތަކީ ކިޔަވައިދިނުމާއި، އުނގަންނައިދިނުމާއި، ރަނގަޅު މަގަށް ކުދިން ބައްޓަންކުރުމަށް ވަކި މުއްދަތެއްގެ ތެރޭގައި ވަކި ގޮތަކަށް ކުދިންތައް ގެންގުޅެ، އެ ކުދިން ހާނުވައިގެން މުޖުތަމައަށް ޚިދުމަތްދިނުމަށް ތައްޔާރުކުރުމުގެ މަސައްކަތްކަމަށާއި، އެއީ ވަރަށް ބުރަ، އެހެންނަމަވެސް ގައުމީ މުހިންމު މަސައްކަތެއްކަމަށް ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ކޯހުގެ މުދައްރިބުންނާއި، ކޯސް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ. އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސީދާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
ގުޅުންހުރި

ފުލުހުންގެ 42 ވަނަ އަސާސީ ކޯހުގެ 140 ދަރިވަރުންނަށް ޖިންސީ ފުރައްސާރައިގެ ގާނޫނުގެ މައުލޫމާތު ދީފި
%20(1).webp&w=3840&q=75)
ކްރެޑިޓް އުސޫލުން ފުލުހުންނަށް އެއަރ ޓިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭނެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި




