logoEN
WAMCO TOP 1
އަންޝުލާ ކަޕޫރުގެ ކައިވެނީގެ ހެދުމުން ފެނުނީ މަންމަގެ 42 އަހަރުވީ ދޯޕައްޓާ

އަންޝުލާ ކަޕޫރުގެ ކައިވެނީގެ ހެދުމުން ފެނުނީ މަންމަގެ 42 އަހަރުވީ ދޯޕައްޓާ

ސާރާ އަހުމަދު

logo

7/9/2026, 5:43:25 AM

# ބޮލީވުޑް

އަންޝުލާ ކަޕޫރް

އަންޝުލާ ކަޕޫރާއި ރޯހަން ތައްކަރްގެ ކައިވެނީގެ ހަފްލާތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގަދައަށް ދެކެވެން ފަށާފައެވެ.

THE TRAVELLER AD

ޚުޝީ އާއި ޖާންވީ ކަޕޫރު އޭނާއަށްޓަކައި ސަޕްރައިޒް މެހެންދީ ޕާޓީއެއް ރޭވުމުން ފެށިގެން، އޭނާގެ ބޭބެ އަރުޖުން ކަޕޫރު އެމީހުންގެ ގުޅުމާ މެދު އަސަރުގަދަ މެސެޖެއް ހިއްސާކުރުމާ ހަމައަށް، ފޭނުންނަށް ވަނީ މި ކައިވެނީގެ ގިނަ މަންޒަރުތަކެއް ފެނިގެން ގޮސްފައެވެ.

މިހުރިހާ ކަމަކަށް ވުރެ ބޮޑަށް އެންމެންގެވެސް ސަމާލުކަން ހުއްޓިގެންދިޔައީ ރޯހަންއާ ކައިވެނިކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަންޝުލާ އޭނާގެ އަމިއްލަ އެކައުންޓުގައި ހިއްސާކުރި އަސަރުގަދަ މެސެޖުންނެވެ. އެގޮތުން އޭނާ ވަނީ އެމީހުންގެ މަރުވެފައިވާ މަންމަ މޯނާ ޝޫރީ ކަޕޫރު، މި ޚާއްޞަ ދުވަހު އޭނާއާއެކު ވާކަން އިޙްސާސްވި ގޮތް ހާމަކޮށްފައެވެ.

އަންޝުލާ އާއި އަރުޖުން ކަޕޫރުގެ މަންމަ ކެންސަރު ބަލީގައި މަރުވީ މީގެ އަހަރުތަކެއް ކުރިންނެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ކައިވެނީގެ ފޮޓޯތަކާއެކު ހިއްސާކުރި މެސެޖެއްގައި އަންޝުލާ ލިޔެފައިވާ ގޮތުގައި އޭނާގެ ކައިވެނީގައި މަންމަގެ 42 އަހަރުވީ ދޯޕައްޓާ ހިމަނަން އޭނާ ބޭނުންވިއެވެ. އެހެންކަމުން މުޅި ކައިވެނީގެ ހެދުން ފަރުމާކުރެވުނީ ދޯޕައްޓާ އާއި ގުޅޭ ގޮތަށް ކަމަށެވެ. އަސަރުގަދަ މެސެޖުގައި އޭނާ އިތުރަށް ބުނީ، ދިރިއުޅުމުގެ އާ ބާބެއް ފަށާއިރު، މަންމަގެ ހަނދާންތަކުގައި އޮޅާލެވިގެން ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އިޙްސާސްވި ކަމަށެވެ.

އެގޮތުން ކައިވެނީގެ ހެދުން އިންޑިއާގެ އެކި ސަރަޙައްދުތަކުގެ ސަގާފީ މަސައްކަތްތައް ހިމެނޭ ގޮތަށް އެންޓީކް ރޯޒް، ބްލަޝް އަދި ގޯލްޑް ކުލައިގެ ފުރިހަމަ ހެދުމެއް ތައްޔާރުކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އަންޝުލާ މި ފޮޓޯތައް ހިއްސާކުރުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އާ ދެމަފިރިންނަށް މަރުޙަބާ ކިޔައި، މަންމަގެ ދޯޕައްޓާ ބޭނުންކުރުމުގެ ޚިޔާލަށް ތަޢުރީފުކޮށްފައެވެ.

ކައިވެނީގެ މަދު ގަޑިއިރުކޮޅެއް ކުރިން، އަންޝުލާގެ ބޭބެ އަރުޖުން ކަޕޫރުވެސް ވަނީ ކައިވެންޏާ ގުޅޭގޮތުންނާއި މަންމަގެ ހަނދާންތަކާ މެދު އަސަރުގަދަ މެސެޖެއް ލިޔެފައެވެ. އެގޮތުން މަންމަ އަބަދުވެސް އަންޝުލާމެންގެ އުފަލުގައި ވާނެ ކަމަށް އަރްޖުން ބުންޏެވެ. އަދި އަރްޖުން ވަނީ އަންޝުލާގެ ކައިވެނީގެ މަންޑަޕްގައި މަންމަގެ ފޮޓޯއެއް ބެހެއްޓިފައިވާ މަންޒަރު ފެންނަ ކަޅާއި ހުދުގެ ފޮޓޯއެއްވެސް ހިއްސާކޮއްފައިއެވެ.

އަންޝުލާ އާއި ރޯހަން ބައްދަލުވީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޑޭޓިންގ އެޕްއެއްގެ ތެރެއިންނެވެ. ދެއަހަރުގެ ލޯބީގެ ގުޅުމަށްފަހު، ރޯހަން ކައިވެންޏަށް އެދުނީ ވޭތުވެދިޔަ އަހަރު ނިއުޔޯކްގެ ސެންޓްރަލް ޕާކްގައެވެ. އޭގެ ފަހުން ދެ އާއިލާއިންވެސް އައީ ކައިވެނީގެ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC