logoEN
WAMCO TOP 1
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އަހުމަދު ޝުރާއު

logo

7/9/2026, 5:49:25 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކާމިޔާބުކަމާއެކު އަތުލައިގެންފިއެވެ.

THE TRAVELLER AD

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 18 ޖޫން 2026 ވަނަ ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ "ސިންތެޓިކް ކެތިނޯން" އެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3,610 ގްރާމް (3.61 ކިލޯ) ހުރިއިރު، މިއީ ފަހުގެ ތާރީޚެއްގައި ޕޯސްޓް މެދުވެރިކޮށް އެތެރެކުރަނިކޮށް އަތުލައިގަނެވުނު އެންމެ ބޮޑު އެއް ޝިޕްމަންޓެވެ.

މި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން އަންދާޒާކުރެއެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ ޕޯސްޓް އޮފީހުގައި ޚާއްސަ ރިސްކް އެސެސްމަންޓްތަކާއި ސްކޭނިންގ އޮޕަރޭޝަންތައް މެދުނުކެނޑި ހިންގަމުންނެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، މި ޕާރުސަލް ފޮނުވި ފަރާތާއި ރާއްޖެއިން މި ތަކެއްޗާ ހަވާލުވާން އުޅުނު ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ކަސްޓަމްސްއިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC