logoEN
WAMCO TOP 1
ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭނެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭނެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

7/9/2026, 7:57:29 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަފާތު މުދަލާއި، ޚިދުމަތް އަދި މަސައްކަތްތައް ފޯރުކޮށްދޭނެ ފަރާތްތައް ހިމެނޭ "ވެންޑަރ ޕޫލް" އެކުލަވާލުމަށްޓަކައި، އެ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި މުދާ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އަމިއްލަ މަސައްކަތްތެރިންނަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

THE TRAVELLER AD

ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މި ވެންޑަރ ޕޫލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތަކުގެ ތެރެއިން، އަގުގެ ގޮތުން 35,000.00ރ (ތިރީސްފަސްހާސް ރުފިޔާ) އަށް ވުރެ ކުޑަ މުދަލާއި ހިދުމަތްތައް އަވަސްކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ޚާއްސަކޮށް އެކުލަވާލާ ޕޫލެކެވެ.

އިއުލާން ނަންބަރު 171-Y(FBM2)/IUL/2026/129 އާ ގުޅިގެން މި ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، ސަރުކާރުގެ ގެޒެޓުގައި އިއުލާނާއެކު ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހާ އެއްގޮތަށް "ވެންޑަރ ރެޖިސްޓްރޭޝަން ފޯރމް" ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

އެގޮތުން ފުރިހަމަކޮށްފައިވާ ފޯރމާއި ލިޔެކިޔުންތައް އަށް އީމެއިލް ކުރުމަށްފަހު، އަށް އޭގެ ކޮޕީއެއް (CC) ފޮނުވަންޖެހޭނެއެވެ. އަދި ވެންޑަރ ޕޫލްގައި ރަޖިސްޓްރީވިކަން ކަށަވަރުވާނީ ފުލުހުންގެ ފަރާތުން ރަސްމީ ރަޖިސްޓްރީ ނަންބަރެއް ދޫކުރުމުން ކަމަށް ވެސް ބުނެފައިވެއެވެ.

މި ވެންޑަރ ޕޫލްގައި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މުހިންމު 12:00 އެވެ. މި ސުންގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައިނުގަނެވޭނެ ކަމަށް ފުލުހުންގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 ފޯނަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC