.jpeg&w=3840&q=75)
ބޮލީވުޑުން ކްރިކެޓް ލެޖެންޑް ގަންގޫލީގެ ބަޔޯޕިކް 'ދާދާ' އިއުލާންކޮށްފި: މައި ރޯލުން ރާޖްކުމާރު ރާއޯ!
# ބޮލީވުޑް--
އިންޑިއާގެ ކްރިކެޓް ލެޖެންޑް އަދި ކުރީގެ ކެޕްޓަން ސައުރަވް ގަންގޫލީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޯޕިކް ފިލްމު "ދާދާ" ގެ ފުރަތަމަ ލުކް ރަސްމީކޮށް ދައްކާލައިފިއެވެ.

މި ފިލްމުގައި ގަންގޫލީގެ މައިގަނޑު ރޯލު އަދާކުރާ ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ ވަނީ، ގަންގޫލީގެ ކްރިކެޓް ހަޔާތުގައި ހިނގި އެންމެ މަޝްހޫރު އަދި ތާރީޚީ މަންޒަރު ޕޯސްޓަރުގައި އަލުން ދައްކުވައިދީފައެވެ.
އެއީ 2002 ވަނަ އަހަރު ލަންޑަންގެ 'ލޯޑްސް' ކްރިކެޓް ދަނޑުގައި އިންގްލެންޑް ބަލިކޮށް ނެޓްވެސްޓް ސީރީޒް ކާމިޔާބުވުމުން، ގަންގޫލީ ބެލްކަނީގައި ހުރެ ޖާރޒީ ވޭވްކުރި ތާރީޚީ މަންޒަރެވެ. ޕޯސްޓަރުން ފެންނަ ގޮތުގައި ރާޖްކުމާރު ރާއޯ ހުރީ ގަންގޫލީގެ އެ މަޝްހޫރު 'އައިކޮނިކް' ސްޓައިލްގައި، އިންޑިއާގެ ނޫކުލައިގެ ކްރިކެޓް ޖާޒީ އަތަށްލައިގެން ވޭވްކުރާށެވެ.

މި ފުރަތަމަ ލުކް ފެނުމުން ކްރިކެޓް ފޭނުންނާއި ބޮލީވުޑް ފިލްމްތަކަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް ހިފާފައެވެ.
މި ފިލްމަކީ ގަންގޫލީގެ ކްރިކެޓް ކެރިއަރުގެ ކާމިޔާބީތަކާއި، އޭނާއަށް ދިމާވި ގޮންޖެހުންތަކުގެ އިތުރުން އިންޑިއާ ކްރިކެޓް ޓީމުގެ ރޫހު ބަދަލުކޮށްލި ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ދާދާ" ސިނަމާތަކަށް ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 14 މޭ 2027 ގައެވެ. ރާޖްކުމާރު ރާއޯގެ މޮޅު އެކްޓިންއާއެކު މިއީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކްރިކެޓް ބަޔޯޕިކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.



.jpeg&w=3840&q=75)


