logoEN
WAMCO TOP 1
އިމްރާން އާއި ދިޝާގެ ފުރަތަމަ ލަވަ ރިލީޒްކޮށްފި

އިމްރާން އާއި ދިޝާގެ ފުރަތަމަ ލަވަ ރިލީޒްކޮށްފި

ސާރާ އަހުމަދު

logo

7/7/2026, 2:30:06 PM

# ބޮލީވުޑް

--

އިމްރާން ހާޝްމީގެ ފިލްމުތަކުގެ ލަވަތަކަކީ އަބަދުވެސް ހިންދީ ސިނަމާގައި ޚާއްޞަ މަގާމެއް ދެވިފައިވާ ލަވަތަކެކެވެ.

THE TRAVELLER AD

އެގޮތުން، އަންނަން އުޅޭ އޭނާގެ މަގުބޫލު ފިލްމު "އަވާރަޕަން" ގެ ސީކުއަލް 'އަވާރަޕަން 2' އިން ރިލީޒްކުރި ފުރަތަމަ ލަވަ "ވޭ ޖުނޫން" އާއެކު އިންޓަނެޓްގައި މިވަނީ ބޮޑު ތަރުހީބެއް އެލަވައަށްވެސް ލިބިގެން ގޮސްފައެވެ.

ދިޝާ ޕަޓާނީ އެކުގައި ރޮމޭންޓިކް ކިންގް އިމްރާން ފެންނަ މި ހިތްގައިމު، އަސަރުގަދަ ލަވައަށް ސޯޝަލް މީޑިއާގައި އަންނަނީ ރެކޯޑް އަދަދަކަށް ތައުރީފު ލިބެމުންނެވެ.

މި ލަވަ ރިލީޒްވުމާއެކު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، ބޮލީވުޑްގެ އެހެން ފިލްމުތަކުގެ މިއުޒިކް ކިތަންމެ ދަށަށް ދިޔަސް، އިމްރާން ހާޝްމީގެ ފިލްމެއްގެ ލަވަތައް ދުވަހަކުވެސް ފޭނުން މާޔޫސް ނުކުރާނެ ކަމުގެ ވާހަކައެވެ.

އަދި މި ލަވައިން 2000 ގެ އަހަރުތަކުގެ ކުރީކޮޅު ބޮލީވުޑްގެ ރޮމޭންޓިކް ލަވަތަކުން ލިބުނު ފަދަ އިހުސާސެއް ކޮށްދޭ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ލަވައިގެ ވީޑިއޯއިން ފެންނަ ގޮތުގައި އިމްރާން އާއި ދިޝާގެ މެދުގައި އޮތް 'ކެމިސްޓްރީ' ވަރަށް ވެސް ވަރުގަދައެވެ. މި ލަވަޔާއެކު 'އަވާރަޕަން 2' އަށް ކުރެވޭ އުންމީދުތައް ބެލުންތެރިންގެ މެދުގައި މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ކޮމެންޓް
ފަހުގެ
HDC