logoEN
WAMCO TOP 1
ބޮލީވުޑްގެ އެންމެ މަގްބޫލު އެކްޝަން ފިލްމު 'ތްރިދޭވް' އަށް 37 އަހަރު!

ބޮލީވުޑްގެ އެންމެ މަގްބޫލު އެކްޝަން ފިލްމު 'ތްރިދޭވް' އަށް 37 އަހަރު!

ސާރާ އަހުމަދު

logo

7/7/2026, 2:10:35 PM

# ބޮލީވުޑް

--

ބޮލީވުޑްގެ ތާރީޚުގައި އުފެދުނު އެންމެ މަގުބޫލު އެކްޝަން-ތްރިލާ ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ކަމަށްވާ "ތްރިދޭވް" ރިލީޒްކުރިތާ 37 އަހަރު ފުރުން، ފިލްމުގެ އެއް ބަތަލު ޖެކީ ޝްރޮފް ވަރަށް ޚާއްޞަ ގޮތަކަށް ފާހަގަކޮށްފިއެވެ.

THE TRAVELLER AD

1989 ވަނަ އަހަރު ނެރުނު މި ފިލްމުގެ ރަންޒަމާނުގެ ހަނދާންތައް އާކުރަމުން ޖެކީ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ފިލްމުގެ ބައެއް މަންޒަރުތަކާއި ފޮޓޯތައް ހިއްސާކޮށްފައެވެ.

ރަޖީވް ރާއީ ޑައިރެކްޓްކުރި 'ތްރިދޭވް' އަކީ އޭގެ ތަރިންގެ ގަދަ ބާރާއި، އެކްޝަން މަންޒަރުތަކުގެ އިތުރުން މިއުޒިކްގެ ސަބަބުން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

މި ފިލްމުގައި ޖެކީ ޝްރޮފްގެ އިތުރުން ސަނީ ޑިއޯލް، ނަސީރުއްދީން ޝާހް، މާދުރީ ޑީކްސިޓް، ސަންގީތާ ބިޖްލާނީ އަދި ސޯނަމް ފަދަ ބޮޑު ތަރިންގެ ލައިންއަޕެއް ފެނިގެންދިޔައެވެ. ޚާއްޞަކޮށް އޭގެ "ގަލީ ގަލީ މޭ ފިރްތާ ހޭ" އަދި "އޯއޭ އޯއޭ" ފަދަ ލަވަތަކަކީ މިއަދާ ހަމައަށް ވެސް ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ލަވަތަކެކެވެ.

ޖެކީ ޝްރޮފް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި، އެ ދުވަސްވަރު ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި، އޭނާގެ ކޯ-ސްޓާރުންނާއެކު ހޭދަވި މަޖާ ވަގުތުތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ޕޯސްޓާއެކު ބޮލީވުޑްގެ ތަރިންނާއި އެތައް ހާސް ފޭނުންނެއް އަންނަނީ 80 ގެ އަހަރުތަކުގެ ފަހުކޮޅު ބޮލީވުޑް ސިނަމާ އޮތް ފުރިހަމަކަމުގެ ހަނދާންތައް އާކޮށް، ޖެކީއަށް ތައުރީފު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC