
ވޯލްޑްކަޕް: ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# ފީފާ ވޯލްޑްކަޕް 2026# ދިވެހި ކުޅިވަރުއާޖެންޓީނާއި މިސްރު ވާދަކުރި މެޗުގެ ތެރެއިން
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި މިސްރުން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 އިން އާޖެންޓީނާ ޖާގަ ހޯދީ ރައުންޑް އޮފް 32 ގައި 2-3 ގެ ނަތީޖާއަކުން ކޭޕްވާޑޭ ބަލިކުރުމަށްފަހު އެވެ. އަދި މިސްރު ރައުންޑް އޮފް 16 ގެ ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 32 ގައި 3-2 އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު މިސްރުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔާސިރު އިބްރާހިމް އެވެ. އަދި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.
ނަމަވެސް ކެޕްޓަން ލިއޮނަލް މެސީ ކުރިއަށް ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މިސްރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި މިސްރުން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހުމުގެ ކުރިން މިސްރު ކުޅުންތެރިއަކު ފައުލްކޮށްފައިވާކަމަށެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން މިސްރުގެ ފޯވާޑް މުސްތަފާ ޒެކޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
އާޖެންޓީނާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ޑިފެންޑަަރު ކްރިސްޓިއަން ގެބްރިއަލް ރޮމޭރޯ ކާމިޔާބުކުރިއިރު އޭގެ ފަސް މިނެޓު ފަހުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އަދި އާޖެންޓީނާ މިމެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އިން ވާދަކުރަންޖެހޭނީ މިރޭ ކުޅޭ ރައުންޑް އޮފް 16 ގެ ފަހު މެޗުގައި ކޮލަމްބިއާ އާއި ސްވިޒަލޭންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ވޯލްޑްކަޕް: މުޅި އެމެރިކާ ރޮއްވާލުމަށްފަހު ބެލްޖިއަމް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ވޯލްޑްކަޕް: އިތުރު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި




