
ވޯލްޑްކަޕް: އިތުރު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުޕޯޗުގަލް އާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިން
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި މިރޭ ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ ސްޕޭނުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 އިން ޕޯޗުގަލް ޖާގަ ހޯދީ ރައުންޑް އޮފް 32 ގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކުރުމަށްފަހު އެވެ. އަދި ސްޕެއިން ރައުންޑް އޮފް 16 ގެ ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 32 ގައި 3-0 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ސްޕެއިންގެ އެލެކްސް ބެއިނާ އަދި ލަމީން ޔަމާލް ފޮނުވާލި ހަމަލާތައް ޕޯޗުގަލްގެ ކީޕަރު ކޯސްޓާ ދިފާއުކުރިއިރު، ޕޯޗުގަލްގެ ޑިފެންޑަރު ނޫނޯ މެންޑޭޒް ފޮނުވާލި ހަމަލާ ސްޕެއިންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސްޕެއިން މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިޑްފިލްޑަރު މިކޭލް މެރީނޯ އެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެނުން ވާދަކުރަން ޖެހޭނީ މިރޭ މުބާރާތުގެ ރައުންޑް އޮފް 16 ގައި ބެލްޖިއަމް އާއި އެމެރިކާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: އިތުރު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ވޯލްޑްކަޕް: މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ އިންގްލޭންޑުން މެކްސިކޯ ބަލިކޮށްފި

ވޯލްޑްކަޕް: ހާލަންޑްގެ ދެލަނޑާއެކު ނޯވޭ އިން ބްރެޒިލް ކަޓުވާލައިފި




