logoEN
WAMCO TOP 1
ވޯލްޑްކަޕް: މުޅި އެމެރިކާ ރޮއްވާލުމަށްފަހު ބެލްޖިއަމް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ވޯލްޑްކަޕް: މުޅި އެމެރިކާ ރޮއްވާލުމަށްފަހު ބެލްޖިއަމް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

7/7/2026, 2:40:51 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

ބެލްޖިއަމް އާއި އެމެރިކާ ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި މިއަދު ހެނދުނު އެމެރިކާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބެލްޖިއަމް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގެ ރައުންޑް އޮފް 16 އިން އެމެރިކާ ޖާގަ ހޯދީ ރައުންޑް އޮފް 32 ގައި ފަހަތުން އަރައި 2-0 ގެ ނަތީޖާއަކުން ބޮސްނިއާ ބަލިކުރުމަށްފަހު އެވެ. އަދި ބެލްޖިއަމް ރައުންޑް އޮފް 16 ގެ ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 32 ގައި 3-2 ގެ ނަތީޖާއަކުން ސެނަގާލް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ބެލްޖިއަމް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ނުވަވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޗާލްސް ޑި ކެޓްލަރޭ އެވެ. އަދި އެމެރިކާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މާލިކް ޓިލްމަން އެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން ކެޓްލަރޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ބެލްޖިއަމްއަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ބެލްޖިއަމް އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ހަންސް ވަނަކެން ކާމިޔާބުކުރިއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ރޮމެލޫ ލޫކާކޫ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އިން ނުކުންނާނީ ރޭ ޕޯޗުގަލް ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި ޔޫރަޕްގެ ޗެމްޕިއަން ސްޕެނާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ކޮމެންޓް
ފަހުގެ
HDC