logoEN
WAMCO TOP 1
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ ކޮކާކޯލާ ފެކްޓްރީގެ ތަޖުރިބާ ދަތުރަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ!

ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ ކޮކާކޯލާ ފެކްޓްރީގެ ތަޖުރިބާ ދަތުރަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ!

އަހުމަދު ޝުރާއު

logo

7/7/2026, 7:56:57 AM

# ޔޫތު މިނިސްޓްރީ

-

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިސްނަގައިގެން ޒުވާނުންނަށް މަސައްކަތުގެ މައިދާނުގެ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް" ގެ ދަށުން، ކ. ތުލުސްދޫގައި ހުންނަ މޯލްޑިވްސް އެއިރޭޓަޑް ވޯޓާ ކޮމްޕެނީ (ކޮކާކޯލާ ފެކްޓްރީ) އަށް ކުރާ ޚާއްސަ ފީލްޑް ވިޒިޓްގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

THE TRAVELLER AD

މިއީ ޒުވާނުންނަށް ސިނާއީ ބޮޑެތި މަސައްކަތްތައް ހިނގާގޮތް އަމަލީގޮތުން ބަލައިލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ތަޖުރިބާ ދަތުރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 11 ވާ ބުރާސްފަތި ދުވަހުއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ދަތުރުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ޖުލައި 9 ވާ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ޒުވާނުންނަށް މިނިސްޓްރީން އާންމުކޮށްފައިވާ އިިއުލާނުގައިވާ ކިއުއާރް ކޯޑު ސްކޭން ކޮށްގެން ނުވަތަ ރަސްމީ އޮންލައިން ފޯމު މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޔޫތު މިނިސްޓްރީން އަންނަނީ ޒުވާނުންނަށް އެކި ދާއިރާތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށާއި، އެކި ކުންފުނިތަކާ ގުޅިގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓްރީގެ މައިގަނޑު އަމާޒަކީ ޒުވާނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ބޭނުންވާ ފަންނީ ހުނަރުތައް ތަރައްގީވެފައިވާ ބަޔަކަށް ހަދައި، މުސްތަގުބަލުގެ ކެރިއަރާ މެދު ރަނގަޅު އަދި ބުއްދިވެރި ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC