logoEN
WAMCO TOP 1
ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް ފެށިގެން ކުރިއަށް!

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް ފެށިގެން ކުރިއަށް!

އަހުމަދު ޝުރާއު

logo

4/22/2026, 9:20:31 AM

# ޔޫތު މިނިސްޓްރީ

-

ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕް ފެށިއްޖެ އެވެ.

THE TRAVELLER AD

މި ވޯކްޝޮޕްގައި 32 ޒުވާނުން ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައެވެ.

މިމަހުގެ 19 ވަނަ ދުވަހު ފެށި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ.

މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ބާއްވާފައެވެ. މި ވޯކްޝޮޕްގައި ޖުމްލަ 15 ޒުވާނުން ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC