logoEN
WAMCO TOP 1
ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީ

ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތު ވޮލިންޓިއާ ޕްރޮގުރާމެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

4/12/2026, 8:24:18 AM

# ޔޫތު މިނިސްޓްރީ

-

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

THE TRAVELLER AD

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން، ދީފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ބޭއްވޭ ތަފާތު ތަމްރީނު ސެމިނާރުތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ކަންކަމަށް ކުރިމަތިލާން ކެރޭ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއެޅޭނެ ކަމަށެވެ.

މީގެ އިތުރުން ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތަކާއި މަޝްރޫއުތައް އިސްވެ ހިންގުމުގެ ގާބިލުކަން ޒުވާނުންގެ ކިބައިގައި އުފެއްދިގެންދާނެކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޕްރޮގުރާމާ ބެހޭ އިތުރު މައުލޫމާތު 4000416 ނުވަތަ 4000567 ނަމްބަރަށް ގުޅާލުމުން ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC