logoEN
WAMCO TOP 1
62 ބައިވެރިންނާއެކު "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި

62 ބައިވެރިންނާއެކު "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

5/11/2026, 11:22:16 AM

# ޔޫތު މިނިސްޓްރީ

-

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން "ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕް ނިންމި 62 ޒުވާނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ވޯކްޝޮޕް ބާއްވާފައިވަނީ ހޮނިހިރު ހެނދުނު 08:30 އިން 17:30އަށެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރު ފުރާއަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ކުރިއަށްގެންދަނީ ވަޒީފާގެ ބާޒާރަށް އަލަށް ނިކުންނަ ޒުވާނުން ވަޒީފާއަކަށް ދިޔުމަށް ބޭނުންވާ ތަފާތު އެކިއެކި ބައިތަށް ހިމަނައިގެންނެވެ.

ވޯކްޝޮޕް ބާއްވާފައިވަނީ ޔޫތު ހަބުގައެވެ.

ކޮމެންޓް
ފަހުގެ
HDC