logoEN
WAMCO TOP 1
ބޮލީވުޑްގެ ތަފާތުކުރުންތަކަށް ކްރިތީގެ ހޫނު ރައްދެއް!

ބޮލީވުޑްގެ ތަފާތުކުރުންތަކަށް ކްރިތީގެ ހޫނު ރައްދެއް!

ސާރާ އަހުމަދު

logo

7/7/2026, 1:11:00 PM

# ބޮލީވުޑް

--

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކްރިތީ ސަނޮން، ފިލްމީ ދާއިރާގައި އަދިވެސް އޮތް ޖިންސީ ތަފާތުކުރުންތަކާ ބެހޭގޮތުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކައިފިއެވެ.

THE TRAVELLER AD

އިންޑިޔާގެ ނޫހަކަށް އަށް ދިން އިންޓަވިއުއެއްގައި ކްރިތީ ހާމަކުރި ގޮތުގައި، ފިލްމެއްގައި ފިރިހެން އެކްޓަރާ އެއްވަރުގެ މުހިންމު ރޯލެއް ކުޅުނު ނަމަވެސް، ސެޓުމަތީގައާއި ޕްރޮމޯޝަންތަކުގައި އޭނާއާ މެދު ކަންތައް ކުރަނީ ވަރަށް ތަފާތު ކުރުން ބޮޑު ގޮތަކަށެވެ.

ކްރިތީ ކިޔައިދިން ގޮތުގައި، ފިލްމުގެ މަސައްކަތް ހިނގަމުންދާއިރު ފިރިހެން ލީޑް އެކްޓަރަށް އަބަދުވެސް ބޮޑު ވެނިޓީ ވޭންއާއި، ބޮޑު ހޮޓަލު ކޮޓަރިީގެ އިތުރުން އަގުބޮޑު މޮޅު ކާރުތައް ދޭކަމަށާއި ނަމަވެސް އަންހެން ބަތަލާއަށް ޖެހެނީ އެޖަސްޓް ވާން ކަމަށެވެ.

މީގެ އިތުރުން ފިލްމުތަކުގެ އިޝްތިހާރުތަކާއި ޕްރޮމޯޝަންތައް ވެސް ޑިޒައިން ކުރަނީ ފިރިހެން ތަރިންނަށް މާ ބޮޑަށް ސަމާލުކަން ލިބޭ ގޮތަށް ކަމަށާއި، ބަތަލާއިންގެ ރޯލު ކިތަންމެ ބޮޑަސް އެމީހުން ބާކީކޮށްލާ ކަމަށް ކްރިތީ ބުންޏެވެ. ކަންކަން މަޑުމަޑުން ރަނގަޅުވަމުން އަންނަނަމަވެސް، ހަމަހަމަކަން ލިބެން އަދި ވަރަށް ދުވަސް ނަގާނެކަން އޭނާ ފާހަގަކުރިއެވެ.

ކްރިތީގެ މި ވާހަކަތަކާއެކު، ބޮލީވުޑްގެ އެހެން މަގުބޫލު ބަތަލާއިން މީގެ ކުރިން ދައްކާފައިވާ ވާހަކަތަކުގެ އަޑުތައް ވަނީ އަލުން ގަދަވެފައެވެ.

އެގޮތުން އެންމެ ފަހުން ތިލަވި އެއް މައްސަލައަކީ، ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" އިން ދީޕިކާ ވަކިވި މައްސަލައެވެ. ރިޕޯޓްތައް ބުނާގޮތުގައި ދީޕިކާ އެ ފިލްމު ދޫކޮށްލީ ފިރިހެން ތަރިއާ އެއްވަރުގެ މުސާރައަކަށާއި، މަސައްކަތްކުރާނެ އެކަށީގެންވާ ވަގުތުތަކެއް ކޮންޓްރެކްޓްގައި ހިމަނަން އެދުމުން އެކަން ނުކުރުމުންނެވެ.

މީގެ އިތުރުން، ޕްރިޔަންކާ ޗޯޕްޅާ ވެސް ވަނީ ބޮލީވުޑްގައި އޭނާ ހޭދަކުރީ ދިގު މުއްދަތުގައި އެއްވެސް އިރެއްގައި ފިރިހެން ތަރިންނާ އެއްވަރުގެ މުސާރައެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ.

އަދި ބަތަލާ ތާޕްސީ ޕައްނޫ ވަނީ، އަންހެނުން މައިގަނޑު ރޯލު ކުޅޭ ފިލްމުތައް ވެސް މާކެޓް ކުރަނީ އޭގައި ހިމެނޭ ފިރިހެން ރޯލަށް ބިނާކޮށް "ހީރޯ-ސެންޓްރިކް" ކޮށް ކަމަށް ބުނެ ފާޑުކިޔާފައެވެ.

ވިދްޔާ ބާލަން ފާހަގަކުރި ގޮތުގައި، ފިރިހެނުން ލީޑް ކުރާ ފިލްމުތަކަށް އެއްވެސް މީހަކު "މެން-ސެންޓްރިކް" އޭ ނުކިޔާއިރު، އަންހެނުން ލީޑް ކުރާ ފިލްމުތަކަށް "ވުމަން-ސެންޓްރިކް" ކިޔައި ވަކި ކެޓަގަރީއަކަށް ފައްތާ ތަފާތުކުރެއެވެ.

ކަންގަނާ ރަނާވަތު، ރާދިކާ އަޕްޓޭ އަދި އަނުޝްކާ ޝަރުމާ ފަދަ ތަރިން ވެސް ވަނީ ބޮލީވުޑްގައި ބަތަލާއިންގެ ސިފައަށް ބަލާފައި ފިލްމުތަކުން ވަކިކުރުމާއި، އަންހެން ތަރިންނަށް ކުރިމަތިވާ ނަފްސާނީ ހުރަސްތައް ހާމަކޮށްފައެވެ.

ކްރިތީގެ މި އައު އިންޓަވިއުއާއެކު، ބޮލީވުޑްގެ އެތެރޭގައި އޮތް މި ބޮޑު ނާއިންސާފުގެ ބަހުސް މިވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ހޫނުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC