logoEN
WAMCO TOP 1
މ. އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިން ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފި

މ. އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިން ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފި

އަހުމަދު ޝުރާއު

logo

6/21/2026, 2:53:29 PM

# ފެނަކަ ކޯޕަރޭޝަން# ސްޓެލްކޯ

-

ސަރުކާރުގެ ބައެއް ކުންފުނިތައް ކޮޅަށްޖަހައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ 8 ރަށަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

THE TRAVELLER AD

މި ބަދަލާއެކު ސްޓެލްކޯގެ ދަށަށް ބަދަލުވެގެންދިޔަ ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންއެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

މި އެއްބަސްވުމުގެ ދަށުން މި 8 ރަށުގައި ކުރިން ފެނަކައިން ދެމުން އައި ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހުރިހާ ޚިދުމަތްތަކެއް އެއްކޮށް ސްޓެލްކޯއާ ބަދަލުވެގެންދާނެއެވެ.

ސްޓެލްކޯއިން ބުނީ، މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ އެކުންފުނިން ޙަވާލުވީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިންނެވެ. އަދި ސްޓެލްކޯގެ ތަޖުރިބާއާއި ވަސީލަތްތަކުގެ ބޭނުން ހިފައިގެން، އެ ރަށްތަކުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރުހުރި ޒަމާނީ ޔޫޓިލިޓީ ޚިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުންފުނިން ދެއެވެ.

ފެނަކައިގެ ދަށުން ހިންގަމުންދިޔަ ބައެއް ސަރަޙައްދުތަކުގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރަމުންދަނީ ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ކުންފުނިތަކުގެ ހިންގުން ބަދަލުކުރުމަށް ފެށި ބޮޑު އިޞްލާޙީ އެޖެންޑާގެ ދަށުންނެވެ. އެގޮތުން ފެނަކައިން ވަނީ، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް އެ ކުންފުނިން ރާއްޖޭގެ 3 އަތޮޅެއްގެ ރަށްތަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ދިނުމުގެ ބޮޑު ޒިންމާ ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC