
ފިޒިކަލް ފިޓްނަސް ޓްރެއިނިންގް އިންސްޓްރަކްޓަރުންގެ ސިމްޕޯޒިއަމް ފެށުމުގެ ތެރެއިން- ފޮޓޯ: ފުލުހުން
ފިޒިކަލް ފިޓްނަސް ޓްރެއިނިންގް އިންސްޓްރަކްޓާސް ސިމްޕޯޒިއަމް 2026 އިސްކަންދަރު ބިލްޑިންގްގައި ފަށައިފި އެވެ.

ފުލުހުން ބުނީ މިއީ ދިވެހި ފުލުހުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި ހަރަކާތްތެރިވާ އިންސްޓަރަކްޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.
3 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު، މި ސިމްޕޯޒިއަމްގައި ޖުމުލަ 61 މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 60 ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންނެވެ.
މި ސިމްޕޯޒިއަމަކީ ފިޒިކަލް ޓްރެއިނިންގްއިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ އެކްސަސައިޒް ސައިންސްގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސިމްޕޯޒިއަމްއެއް ކަމަށެވެ. އަދި ފިޓްނަސް އެސެސްމަންޓް ހެދުމުގެ ހުނަރުތައް ތަރައްގީކުރުމާއި، އަނިޔާއިން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމާއި، ލީޑާޝިޕް އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އިންސްޓްރަކްޓަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އިންސްޓްރަކްޓަރުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ހިތްވަރުދިނުން މި ސިމްޕޯޒިއަމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ފުލުހުން ބުނީ ސިމްޕޯޒިއަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. މި ސެޝަންތަކުގައި، ފުލުހުންގެ ފިޒިކަލް ފިޓްނަސްއާ ބެހޭ ސެޝަނާއި، ކުޅިވަރުގެ ދާއިރާގެ ނިއުޓްރިޝަން އަދި ހައިޑްރޭޝަނާ ބެހޭ ސެޝަނާއި، އެކްސަސައިޒް ސައިންސް އަދި އެވިޑެންސް ބޭސްޑް ޓްރެއިނިންގއާ ބެހޭ ސެޝަންގެ އިތުރުން އޮގަނައިޒޭޝަން ބީއެފްޓީއާ ގުޅޭ ސެޝަން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މި ސިމްޕޯޒިއަމްގައި ލެކްޗަރާއިންގެ ގޮތުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ކެޕްޓަން އިސްމާޢީލް އަޙްމަދާއި، ފާޠިމަތު ޔަމްނާ މުޙައްމަދާއި، ސާޖަންޓް ޙަސަން ރިޔާޟް ޢަބްދުލްޣަނީ އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްބާރީ އަޙްމަދާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިބްރާހީމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާމިނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަސީމެވެ.
މި ސިމްޕޯޒިއަމްގެ ކުރިއަށް އޮތް ސެޝަންތަކުގައި ބީއެފްޓީ ޕްރޮސީޖާސްތަކާއި ބީއެފްޓީ ކުރިއަށްގެންދާނެ ގޮތްތަކާއި، އާ ބީއެފްޓީ ޕްރޮޕޯޒަލާ ބެހޭ މަޝްވަރާތަކާއި، ސްޓްރެންތު ޓްރެއިނިންގްއާއި، ފިޒިކަލް ހަރަކާތްތަކުގެ ގައިޑްލައިންތަކުގެ އިތުރުން، އަނިޔާއިން ރައްކާތެރިވުމާއި ޕްރޮގްރާމް ޑިޒައިންކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެކަމަށް ފުލުހުން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނަށް އެކްޝަން ޕްލޭން އެކުލަވައިލުމަށް ގްރޫޕް މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ފާހަގަކުރެ އެވެ.
ގުޅުންހުރި

ފިޒިކަލް ފިޓްނަސް ޓްރެއިނިންގް އިންސްޓްރަކްޓަރުންގެ ސިމްޕޯޒިއަމް ފަށައިފި

މާރާމާރީއެއް ރާވާކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސީޕީ އެދިވަޑައިގަތީ ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް




