logoEN
WAMCO TOP 1
ވިލިމާލޭގެ އެކި ސަރަހައްދުތަކުން 37 ޓަނަށް ވުރެ ގިނަ ކުނި ނަގައިފި

ވިލިމާލޭގެ އެކި ސަރަހައްދުތަކުން 37 ޓަނަށް ވުރެ ގިނަ ކުނި ނަގައިފި

# މާލެ ސިޓީ ކައުންސިލް# ސާފުކުރުން# ވިލިމާލެ

ފޮޓޯ: ސިޓީ ކައުންސިލް

ވިލިމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 37.7 ޓަނުގެ ކުނި ނަގައި، އެ އަވަށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް، މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި ހަރަކާތަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ރަށް ސާފުތާހިރުކޮށް ބޭއްވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ވިލިމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، 5 ޖުލައި 2026 ވީ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކަށް އަޅައިފައި ހުރި ގިނަ ޢަދަދެއްގެ ކުނި ނަގައި ސާފުކޮށްފައިވެއެވެ.

މި ހަރަކާތުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާޚް އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު ޣާލިބު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މާލެ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ވިލިމާލެ ސެކްޝަނުގެ ހުރިހައި މުވައްޒަފުންގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ވެސް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުން ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ، ވިލިމާލެ ފަދަ ރީތި ރަށެއް ސާފުތާހިރުކަންމަތީ ބޭއްވުމަށް ޓަކައި އަދި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. ގިނަ ޢަދަދެއްގެ ކުނި ނެގިފައިވީ ނަމަވެސް، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރިޔަށް އޮތްތާނގައި ވެސް ޢާންމުންގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ.

މިއަދު ފެނިގެންދިޔަ އެންމެ އުފާވެރި އަދި އުންމީދީ މަންޒަރަކީ، ރަށުގެ ސާފުތާހިރުކަމަށް ޓަކައި އެންމެހައި ފަރާތްތަކުން ދެއްކެވި ރީތި ނަމޫނާއާއި އެއްބައިވަންތަކަން. މޭޔަރ

މި ފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ މާހައުލަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭކަމަށް ވެސް، މޭޔަރ ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC