logoEN
WAMCO TOP 1
އަރުޖުން ކަޕޫރްގެ ކޮއްކޮ އަންޝުލާ މިއަދު ކައިވެނި ކުރަނީ

އަރުޖުން ކަޕޫރްގެ ކޮއްކޮ އަންޝުލާ މިއަދު ކައިވެނި ކުރަނީ

ސާރާ އަހުމަދު

logo

7/6/2026, 8:39:23 AM

# ބޮލީވުޑް

--

ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ކޮއްކޮ އަދި ބޮނީ ކަޕޫރްގެ ދަރިފުޅު އަންޝުލާ ކަޕޫރް، އޭނާގެ ބައިވެރިޔާ ރޯހަން ތައްކަރްއާ މިއަދު ކައިވެނިކުރަން ވަނީ ތައްޔާރުވެފައެވެ.

THE TRAVELLER AD

ކައިވެނީގެ ބޮޑު ހަފްލާގެ ކުރިން، ކަޕޫރު އާއިލާއިން އަންނަނީ ފޯރިގަދަ 'ޕްރީ-ވެޑިންގް' ހަފްލާތަކެއް ބާއްވަމުންނެވެ.

އެގޮތުން އަންޝުލާ ވަނީ އޭނާގެ "މެހެންދީ" އަދި "ޗޫދާ" ރަސްމިއްޔާތުގެ ރީތި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އާންމުކޮށް މެހެންދީ ޕާޓީތަކަށް ލާ ފެހި ނުވަތަ ރީނދޫ ކުލައިގެ ބަދަލުގައި، އަންޝުލާ ފެނިގެންދިޔައީ ވަރަށް ރީތި ނޫކުލައިގެ ލެހެންގާއެއްގައެވެ. އަންޝުލާ ހާމަކުރި ގޮތުގައި، މި މެހެންދީ ހަފްލާއަކީ އޭނާގެ ކޮއްކޮމެން ކަމަށްވާ ޖާންވީ ކަޕޫރް އާއި ޚުޝީ ކަޕޫރް ގުޅިގެން އޭނާއަށް ދިން ސަޕްރައިޒް ޕާޓީއެކެވެ.

undefined

މި އުފާވެރި ހަފްލާތަކުގައި ކަޕޫރު އާއިލާގެ ބޮޑުންނާއި ބޮލީވުޑްގެ ގިނަ ތަރިތަކެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި އަނިލް ކަޕޫރް، ސަންޖޭ ކަޕޫރް، ސޯނަމް ކަޕޫރް، ޝަނާޔާ ކަޕޫރް، ވަރުން ދަވަން، ކަރިސްމާ ކަޕޫރް، ނީތޫ ކަޕޫރް އަދި ޝަބާނާ އަޒްމީ ހިމެނެއެވެ.

އޭގެ ފަހުން ބޭއްވި "ޗޫދާ" ރަސްމިއްޔާތަށް އަންޝުލާ ލާފައިވަނީ ފެހިކުލައިގެ ޕަންޖާބީ ހެދުމެކެވެ. މި ހަފްލާގެ ތެރެއިން އޭނާގެ ބޭބެ އަރުޖުން ކަޕޫރްގެ ގައިގައި ބައްދާލައިގެން ހުރެ އަންޝުލާއަށް ރޮވުނު އަސަރުގަދަ މަންޒަރަކާއި، ބައްޕަ ބޮނީ ކަޕޫރް އޭނާގެ ނިތްކުރިއަށް ބޮސެލި މަންޒަރު ފޮޓޯތަކުން ފެނެއެވެ.

undefined

އަންޝުލާ އާއި ރޯހަން ދިމާވީ މީގެ ތިން އަހަރު ކުރިން ޑޭޓިންގް އެޕަކުންނެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ނިއުޔޯކްގެ ސެންޓްރަލް ޕާކުގައި ރޯހަން ވަނީ އަންޝުލާއަށް ކައިވެންޏަށް އެދި ހުށަހަޅާފައެވެ.

ކޮމެންޓް
ފަހުގެ
HDC