logoEN
WAMCO TOP 1
އާއިލާއާއި ގާތް ރަހުމަތްތެރިންނާއެކު އާމިރު ޚާންގެ ތިންވަނަ ކައިވެނީގެ ރަސްމިއްޔާތު!

އާއިލާއާއި ގާތް ރަހުމަތްތެރިންނާއެކު އާމިރު ޚާންގެ ތިންވަނަ ކައިވެނީގެ ރަސްމިއްޔާތު!

ސާރާ އަހުމަދު

logo

7/6/2026, 6:14:19 AM

# ބޮލީވުޑް

--

ބޮލީވުޑްގެ ސުޕަސްޓާރު އާމިރު ޚާން އާއި އޭނާގެ ބައިވެރިޔާ ގޯރީ ސްޕްރެޓް އިއްޔެ ރަސްމީކޮށް ކައިވެނިކޮށްފިއެވެ.

THE TRAVELLER AD

ބޮލީވުޑްގެ އާދައިގެ ބޮޑެތި ކައިވެނިތަކާ ޚިލާފަށް، މި ދެމީހުން އިޚްތިޔާރުކުރީ މުމްބާއީގައި ހުންނަ އާމިރުގެ ގޭގައި ބޭއްވި ވަރަށް ސާދާ، ކައިވެންޏެކެވެ.

މި ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހުމަތްތެރިން ހިމެނޭހެން ގާތްގަނޑަކަށް 150 އެއްހާ މީހުންނެވެ.

ކައިވެނީގެ ފޮޓޯތަކުން ފެންނަ ގޮތުގައި އާމިރު ހުރީ ހުދުކުލައިގެ ސަގާފީ ހެދުމެއްގައެވެ. އަދި ގޯރީ އިނީ ވަރަށް ރީތި ބޭޖް ކުލައިގެ ހެދުމެއްގައެވެ.

މި ކައިވެނީގެ އެންމެ ޚާއްޞަ އެއް މަންޒަރަކީ، ކައިވެނީގެ ފޮތުގައި ސޮއިކުރިއިރު ގޯރީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އެ ދެމީހުންގެ މެދުގައި ކައިވެނީގެ އަނގޮޓި ފޮށި ހިފައިގެން އިނުމެވެ. މީގެ އިތުރުން އާމިރުގެ ދަރިން ކަމަށްވާ ޖުނައިދު، އިރާ އަދި އާޒާދު ރާއޯ ޚާން ވެސް ތިބީ ދެމަފިރިންނާއި އެކު އުފާފާޅުކުރުމުގައެވެ.

ގޭގައި ބޭއްވި މި ކުޑަ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ އަޝުތޯޝް ގޮވަރިކަރް އާއި ރާޖްކުމާރު ހިރާނީ، އެކްޓްރެސް އެލީ އަވްރާމް، އަދި އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި އިރްފާން ޕަތާން ވެސް ބައިވެރިވިއެވެ.

އާމިރު އާއި ގޯރީ ފުރަތަމަ ދިމާވީ މީގެ 25 އަހަރު ކުރިން ބެންގަލޫރުންނެވެ. ނަމަވެސް އޭރު ގުޅުން ކެނޑުމަށްފަހު، އަލުން ދިމާވީ 2024 ވަނަ އަހަރު އާމިރުގެ ތިމާގެ މީހެއްގެ ފަރާތުންނެވެ. އޭގެ އަހަރެއްހާ ދުވަހު "ލޯންގް ޑިސްޓެންސް" ކޮށް އުޅުމަށްފަހު، ގޯރީ އޭނާގެ ދަރިފުޅާއެކު މުމްބާއީއަށް ބަދަލުވިއެވެ.

އާމިރު ވަނީ އޭނާގެ 60 ވަނަ އުފަންދުވަހުގެ ޕާޓީގައި ޝާހްރުކް ޚާން އާއި ސަލްމާން ޚާން ފަދަ އެކުވެރިންނަށް ގޯރީ ތައާރަފްކޮށްދިނީ އޭނާގެ "ލައިފް ޕާޓްނަރު" ގެ ގޮތުގައެވެ.

މިއީ އާމިރު ޚާންގެ 3 ވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ވަނީ ރީނާ ދައްތާ އަދި ކިރަން ރާއޯއާ ކައިވެނިކޮށްފައެވެ. ދެ ކައިވެނި ރޫޅުނު ނަމަވެސް، ކުރީގެ ދެ އަނބިންނާއެކު ވެސް އާމިރު ބާއްވަނީ ވަރަށް ގާތް، ރަހުމަތްތެރި ގުޅުމެކެވެ.

ކޮމެންޓް
ފަހުގެ
HDC