
-
މާލެ، ލޮނުޒިޔާރަތް މަގުގައި ހުންނަ ގ.ފުންފަޅުގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 11 މީހަކަށް ފަރުވާ ދެމުންދާކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ހާމަކޮށްފި އެވެ.

މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވާން ފެށީ މިރޭ 11 ޖަހަން ކައިރިވެފައިވަނިކޮށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރީން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހުގެ ރޭ 22:49 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނީ މިހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމް ހޮސްޕިޓަލު ގައި 8 މީހުންނަށް އަދި އޭޑީކޭ ހޮސްޕިޓަލު ގައި 3 މީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ފުންފަޅުގޭގައި އަލިފާން ރޯވުން: ޖުމުލަ 11 މީހަކަށް ފަރުވާދެނީ

ފުންފަޅުގޭގައި އަލިފާން ރޯވުން: ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ގާއިމްކޮށްފި
ހުޅުމާލެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓް ހަދަނީ




