
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ފެންހިންދާ ޕަމްޕުތައް ކައުންސިލްތަކާއި ހަވާލުކުރަން ފަށައިފި
# އެންޑީއެމްއޭ-
ޖަޕާނުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްގެ ދަށުން އެގައުމުގެ ސަރުކާރުގެ ހިލޭ އެހީގައި ހޯދާފައިވާ ފެންޕަންޕުތައް ރަށްރަށަށް ބެހުމަށްޓަކައި، 10 ރަށެއްގެ ކައުންސިލް މަންދޫބުންނާއެކު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން އެއްބަސްވުމުގައި ސޮއިކުރި ކޮންމެ ކައުންސިލަކަށް ދެ ފެންޕަންޕު ޙަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ވަސީލަތްތަކަކީ ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށާއި، ވަގުތީގޮތުން ދިމާވާ ކާރިސާތަކަށް އިޖާބަދިނުމަށް ރަށު ފެންވަރުގައި ހުންނަ ތައްޔާރީތައް އިތުރަށް ހަރުދަނާކުރުމަށް ފޯރުކޮށްދެވޭ ސާމާނުތަކެކެވެ.
މީގެ ސަބަބުން ކުއްލި ޙާލަތްތަކުގައި ކައުންސިލްތަކުން ފިޔަވަޅު އެޅުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
އެންޑީއެމްއޭއިން ވަނީ ދިވެހިރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމަށް ޖަޕާނު ސަރުކާރާއި އެޤައުމުގެ ރައްޔިތުން މެދުނުކެނޑި ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެޤައުމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ގުޅުންހުރި

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ފެންހިންދާ ޕަމްޕުތައް ކައުންސިލްތަކާއި ހަވާލުކުރަން ފަށައިފި
.jpg&w=3840&q=75)



