logoEN
WAMCO TOP 1
ހުޅުމާލެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓް ހަދަނީ

ހުޅުމާލެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓް ހަދަނީ

# ހުޅުމާލެ# އެންޑީއެމްއޭ# އަލިފާނުގެ ހާދިސާ# އެމްއެންޑީއެފް

ހުޅުމާލެ ފްލެޓް 141 ގައި ހިނގި އަލިފާނުގެ ހާދިސާ- ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލެ ފްލެޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތަނަށްވީ ގެއްލުންތައް ދެނެގަތުމަށް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

THE TRAVELLER AD

ހުޅުމާލެ ފްލެޓް 141 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެކަން ބަލަމުންދާކަން އެންޑީއެމްއޭ އިން ހާމަކޮށްފައިވަނީ މިއަދު ފަތިހު 5:23 ހާއިރު އެވެ.

މި ހާދިސާ އާއި ގުޅިގެން އެންޑީއެމްއޭ އިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަތައް ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ހިއްސާކުރައްވަމުން އެންޑީއެމްއޭ ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އުސޫލާއި އެއްގޮތައް 2 ދުވަހެއް ތެރޭގައި އެތަނަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމާއި، އެތަނަށް ލިބިފައިވާ މާލީ ގެއްލުންތައް ދެނެގަނެވޭނީ އޭގެ ފަހުން ކަމަށެވެ.

އެ އެޕާޓްމަންޓްގައި ދިރިއުޅެނީ 6 މީހުންކަން ހާމަކުރައްވާ އެންޑީއެމްއޭ އިން ބުނީ އެޕާޓްމަންޓްގައި ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެންޑީއެމްއޭގެ އެސެސްމެންޓް ނިމުމުން، ހާލަތަށް ރިއާޔަތްކުރުމަށް ފަހު، އުސޫލުގައި ބުނާ މުއްދަތަށް އެ އާއިލާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

View post on Twitter

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާގެ ރިޕޯޓް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 4:32 ހާއިރު ކަމަށާއި، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވީ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޖަގެއްގައި އަލިފާން ރޯވެގެންނެވެ. އަދި މި ހާދިސާގައި އެ ގޭގައި ދިރިއުޅުނު 6 މީހުންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު، މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC