
ފުންފަޅުގޭގައި އަލިފާން ރޯވުން: ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ގާއިމްކޮށްފި
# އެންޑީއެމްއޭ-
މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގ.ފުންފަޅުގޭގައި އަލިފާން ރޯވުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ގާއިމްކޮށްފި އެވެ.

މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވާން ފެށީ މިރޭ 11 ޖަހަން ކައިރިވެފައިވަނިކޮށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރީން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހުގެ ރޭ 22:49 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނީ ގ.ފުންފަޅުގެ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި ދުމުގެ އަސަރު ކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ޤާއިމްކޮށް، އެ އޮތޯރިޓީއާއި، ދިވެހި ރެޑް ކްރެސެންޓް އަދި ފުލުހުން ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ނަމަވެސް ވަގުތީ އިވޭކުއޭޝަން ސެންޓަރުގައި މިވަގުތު ތިބީ ޖުމުލަ ކިތަށް ފަރާތްކަމެއް އެންޑީއެމްއޭއިން ހާމައެއް ނުކުރެއެވެ.
މި ހާދިސާއާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކުރަމުންދާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ފުންފަޅުގޭގައި އަލިފާން ރޯވުން: ޖުމުލަ 11 މީހަކަށް ފަރުވާދެނީ

ފުންފަޅުގޭގައި އަލިފާން ރޯވުން: ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ގާއިމްކޮށްފި
ހުޅުމާލެ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމެންޓް ހަދަނީ




