logoEN
WAMCO TOP 1
ރުއްތަކަށް ޖެހޭ ބަލިތަކަށް އަވަސް ހައްލުތަކެއް ހޯދުމުގެ މަސައްކަތްތައް ފަށައިިފި

ރުއްތަކަށް ޖެހޭ ބަލިތަކަށް އަވަސް ހައްލުތަކެއް ހޯދުމުގެ މަސައްކަތްތައް ފަށައިިފި

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ# ވައިޓް ފްލައި# ރުށްތަކަށް ޖެހޭ ބަލި

ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް ރުއްތަކަށް ހުދު ކޫޑި (ވައިޓް ފްލައި) އާއި ހިސްޕިޑް ބީޓްލްގެ ނުރައްކާ ބޮޑުވެ، އޭގެ ސަބަބުން ގަސްގަހާގެއްސަށް ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

THE TRAVELLER AD

މި މަސައްކަތުގައި މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (CATAS) “އިން ވަނީ މި ސޫފިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ޚާއްސަ "ސިސްޓެމިކް ޕެސްޓިސައިޑް" ފޯރުކޮށްދީފައެވެ.

މި މަހުގެ 23 ވަނަ ދުވަހު، މިނިސްޓްރީގެ ޓީމަކާއި CATASގެ މަންދޫބުން ވަނީ ހއ. ބާރަށަށް ޒިޔާރަތްކޮށް، މި ބޭސް ބޭނުންކޮށްގެން ސޫފިތައް ކޮންޓްރޯލް ކުރާނެ ގޮތުގެ ފަންނީ އިރުޝާދު ދީފައެވެ.

މި ޒިޔާރަތުގެ ތެރެއިން، ބޭސް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ދިނުމުގެ އިތުރުން، ބޭސް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބޭސް މަސައްކަތްކުރާ ގޮތާއި، ހުދު ކޫޑި އާއި ހިސްޕިޑް ބީޓްލް ނައްތާލުމުގައި މި ބޭހުގެ ނަތީޖާ ފެންނަ މިންވަރާ ބެހޭގޮތުންވެސް ވަނީ ތަފްސީލީ މައުލޫމާތު ދީފައެވެ.

ބާރަށަށް ކުރި މި ޒިޔާރަތަކީ، ރާއްޖޭގެ ރުއްތަކާއި އެހެނިހެން ގަސްގަހާގެހި މިފަދަ ސޫފިތަކުން ސަލާމަތްކޮށް، އޭގެ ފެތުރުން ހުއްޓުވުމަށް ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ބައެކެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ރަށުގެ ދަނޑުވެރިކަމާއި ގަސްގަހާގެހީގެ ދުޅަހެޔޮކަން ދަމަހައްޓައި، އުފެއްދުންތެރިކަން އިތުރުކުރުމެވެ.

ކޮމެންޓް
ފަހުގެ
HDC