
ވޯލްޑްކަޕް: މެސީގެ ރެކޯޑްތަކާއެކު ޗެމްޕިއަން އާޖެންޓީނާ ރައުންޑް އޮފް 16 އަށް
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުއާޖެންޓީނާއި ކޭޕްވާޑް ވާދަކުރި މެޗުގެ ތެރެއިން
މިހާރު އެމެރިކާގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 32 ގައި މިރޭ ކޭޕް ވާޑް އާއި ދެކޮޅަށް ކުޅުނު މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް އާޖެންޓީނާ އިން ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ގުރޫޕް ޖޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ކޭޕް ވާޑް އިން ރައުންޑް އޮފް 32 ގެ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މިއާމީގެ ހާޑްރޮކް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި މެސީގެ ހަތްވަނަ ލަނޑެވެ. އަދި ވޯލްޑްކަޕްގައި މިހާތަނަށް މެސީ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.
މީގެ އިތުރުން މިއީ ވޯލްޑްކަޕްގައި މެސީ ޖެހިޖެހިގެން ލަނޑުޖެހި އަށްވަނަ މެޗެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ކޭޕް ވާޑް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޑެރޮއީ ޑުއާޓޭ އެވެ. މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި އާޖެންޓީނާގެ ޑިފެންޑަރު ލިސެންޑްރޯ މާޓިނޭޒް އެޓީމަށް އަލުން ލީޑު ހޯދައިދިން ނަމަވެސް އޭގެ 11 މިނެޓުފަހުން ކޭޕްވާޑްގެ ޑިފެންޑަރު ސިޑްނީ ލޮޕޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިމެޗުން އާޖެންޓީނާ މޮޅުވި ލަނޑަކީ އިތުރުވަގުތުގެ ދެވަނަ ހާފުގެ ހަވަނަ ކޭޕްވާޑްގެ ޑިފެންޑަރު ބޯޖާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ މިސްރާއި ދެކޮޅަށެވެ. އަދި މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި ހަތްވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: މެސީގެ ރެކޯޑްތަކާއެކު ޗެމްޕިއަން އާޖެންޓީނާ ރައުންޑް އޮފް 16 އަށް

ވޯލްޑްކަޕް: 92 އަހަރަށް ފަހު މިސްރުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި
.jpg&w=3840&q=75)
ވޯލްޑްކަޕް: ފަހަތުން އަރައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި




