
ވޯލްޑްކަޕް: ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން، ރައުންޑް އޮފް 16 އަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ސްޕެއިނާއި އޮސްޓްރިއާ ވަލާދަކުރި މެޗުގެ ތެރެއިން
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32 ގައި މިރޭ އޮސްޓްރިއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްޕެއިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ސްޕެއިން ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އޮސްޓްރިއާ އިން މުބާރާތުގެ ރައުންޑް އޮފް 32 އިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް ޖޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު އެންމެ ފަހުން 2009 ވަނަ އަހަރު ވާދަކުރި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އިންނެވެ.
ކެލިފޯނިއާގެ އިންގްލްވުޑް ސިޓީގެ ސޯފީ ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މިކެއިލް އޮޔަޒްބަލް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު މާކް ކުކްރޭލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސްޕެއިނުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި މިޑްފިލްޑަރު އެލެކްސް ބައެނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރު ޕެޑްރޯ ޕޯރޯ ކާމިޔާބުކުރިއިރު. އެޓީމުގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި އޮޔަޒަބެލް ކާމިޔާބުކުރީ ވެސް ކުކްރޭލާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި މިއީ މިފަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އޮޔަޒަބެލް ކާމިޔާބުކުރި ހަަތަރުވަނަ ލަނޑެވެ.
މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި ސްޕެއިން ވާދަކުރަންޖެހޭނީ މިރޭ މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 32 ގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ފަހަތުން އަރައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި

ވޯލްޑްކަޕް: ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން، ރައުންޑް އޮފް 16 އަށް

ވޯލްޑްކަޕް: ފަސޭހަކަމާއެކު ސްވިޑެން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭ ލަނޑު ލިސްޓުގެ ކުރިއަށް




