
ވޯލްޑްކަޕް: އައިވަރީކޯސްޓް ކަޓުވާލުމަށްފަހު ނޯވޭ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ނޯވޭ އާއި އައިވަރީކޯސްޓް ވާދަކުރި މެޗުގެ ތެރެއިން...
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32 ގައި މިރޭ އައިވަރީކޯސްޓާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޯވޭ އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ނޯވޭ އިން ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގްރޫޕް އައިގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އައިވަރީކޯސްޓް މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނޯވޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އެންޓޯނިއޯ ނުސާ އެވެ. މިއީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އައިވަރީކޯސްޓުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 74 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަމަޑް ޑިއާލޯ އެވެ. އަދިި ލަނޑާއެކު ދެޓީމު އެއްވަރުވެފައިއޮވެ މެޗުގެ 90 މިނެޓުގެ ކުޅުން ނިމެންދަނިކޮށް، މެޗުގެ 86 ވަނަ މިނެޓުގައި ނޯވޭއަށް ދެވަނަ ފަހަރަށް ލީޑުހޯދީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.
މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެން މެޗު ނިމުނުއިރު، މިއީ ވޯލްޑްކަޕްގެ ނޮކްއައުޓް މެޗެއްގައި އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މުބާރާތުގެ ރައުންޑް އޮފް 16 ގައި ނޯވޭ ވާދަކުރަން ޖެހޭނީ ބްރެޒިލް އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ފަސޭހަކަމާއެކު ސްވިޑެން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭ ލަނޑު ލިސްޓުގެ ކުރިއަށް

ވޯލްޑްކަޕް: އައިވަރީކޯސްޓް ކަޓުވާލުމަށްފަހު ނޯވޭ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި

ވޯލްޑްކަޕް: މޮރޮކޯ އަތުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކަޓައިފި




