
ވޯލްޑްކަޕް: ފަސޭހަކަމާއެކު ސްވިޑެން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭ ލަނޑު ލިސްޓުގެ ކުރިއަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ފްރާންސާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިން..
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32 ގައި މިރޭ ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ރަނަރަޕް ފްރާންސް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ފްރާންސް އިން ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ގްރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސްވިޑެން މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް އެފްގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކެޕްޓަން ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު، އޭގެ ކުރިން މެޗުގެ 21 ވަނަ މިނެޓުގައި ވެސް ފްރާންސް އިން ލަނޑެއް ކާމިޔާބުކުރި އެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ތެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ބްރެޑްލީ ބާކޯލާ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރިއިރު، މިއީ މިމުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.
މީގެ އިތުރުން މިރޭގެ މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ވޯލްޑްކަޕްގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދު ވަނީ 18 އަށް އަރާފައެވެ. މިއާއެކު ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ރެކޯޑާއި އެމްބާޕޭ ވަނީ އަރައި ހަމަކޮށްފައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ފަސޭހަކަމާއެކު ސްވިޑެން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭ ލަނޑު ލިސްޓުގެ ކުރިއަށް

ވޯލްޑްކަޕް: އައިވަރީކޯސްޓް ކަޓުވާލުމަށްފަހު ނޯވޭ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި

ވޯލްޑްކަޕް: މޮރޮކޯ އަތުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކަޓައިފި




