logoEN
WAMCO TOP 1
މާލެ "ސްމާޓް ސިޓީ" އަކަށް ހަދަން ބޭނުންވާ ތަމްރީނަށް، ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޗައިނާއަށް!

މާލެ "ސްމާޓް ސިޓީ" އަކަށް ހަދަން ބޭނުންވާ ތަމްރީނަށް، ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޗައިނާއަށް!

އަހުމަދު ޝުރާއު

logo

7/2/2026, 3:41:03 PM

# ރާއްޖެ - ޗައިނާ

-

ޗައިނާގެ ބެއިޖިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އިންޓަނޭޝަނަލް ޑިޖިޓަލް އިކޮނޮމީ ގަވަރނަންސް އެންޑް ލީޑަރޝިޕް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް' ގައި ބައިވެރިވެވަޑައިގަތުމަށް، މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ކަމަށްވާ އިސްމާއިލް ހަލީމް އާއި ހުސައިން ފުރުޝާން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރައިފި އެވެ.

THE TRAVELLER AD

މިއީ މާލެ ސިޓީގެ ހިންގުން ޒަމާނީ ފެންވަރަށް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު ދަތުރެކެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޑިޖިޓަލް ގަވަރނަންސް (ޒަމާނީ އިދާރީ ހިންގުން)، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުން، އިނޮވޭޝަން އަދި ސްމާޓް ސިޓީ ތަރައްގީކުރުމުގެ ދާއިރާއިން ލީޑަރުންގެ ތަޖުރިބާ އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ މަންދޫބުން އެއްތަންކޮށްގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ މުހިންމު ހަރަކާތެކެވެ.

މި ދަތުރުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ އެތެރޭގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭގެ ރައްޔިތުންނަށް ދެވޭ އެކި އަސާސީ ޚިދުމަތްތައް ފުޅާކޮށް އަވަސްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތާއި އަމަލީ ތަޖުރިބާ ދެ ކައުންސިލަރުންނަށް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ވަކިން ޚާއްސަކޮށް މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް "ސްމާޓް" ހައްލުތަކެއް ހޯދުމަށް މި ބައްދަލުވުމުން މަގުފަހިވާނެއެވެ.

ކޮމެންޓް
ފަހުގެ
HDC