
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ސްޓްރީޓް ސޮކާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2026މަރަދޫ ސްޓްރީޓް ސޮކާ މުބާރާތް 2026..
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ސްޓްރީޓް ސޮކާ މުބާރާތް "މަރަދޫ ސްޓްރީޓް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

20 އޮގަސްޓް 2026 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 10 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. އަދި މިމުބާރާތަކީ މަރަދޫ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމްކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން މަރަދޫގައި ބާއްވާ މުބާރާތެވެ. އެގޮތުން މިދިޔަ އަހަރުވެސް އެކުލަބުން ވަނީ 16 ޓީމާއެކު ވަރަށް ކާމިޔާބު ސްޓްރީޓް ސޮކާ މުބާރާތެއް މަރަދޫގައި ބާއްވާފައެވެ.
މަރަދޫ ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިއަހަރުގެ މުބާރާތުގައި ޖުމްލަ 24 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ހަ ގުރޫޕުން ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބިގެންދާނެއެވެ.
މީގެ އިތުރުން މިމުބާރާތަކީ އައްޑޫ ސިޓީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އެކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް އެކުލަބުން ވަނީ ހުށަހަޅާފައެވެ.
ގުޅުންހުރި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ސްޓްރީޓް ސޮކާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް: ފުރަތަމަ ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި




