logoEN
WAMCO TOP 1
ގްރީން ސްޓްރީޓް އަތުން ގައްދޫއަށް ތަފާތު ބޮޑު މޮޅެއް

ގްރީން ސްޓްރީޓް އަތުން ގައްދޫއަށް ތަފާތު ބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

6/24/2026, 9:40:44 PM

# ދިވެހި ކުޅިވަރު

ގައްދޫ އާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ގދ. ގައްދޫ އިން ތާވަލުގެ ތިން ވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

THE TRAVELLER AD

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ގައްދޫ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވަަހީބް ތަހުރާ އެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގައްދޫގެ ލީޑު ފުޅާކޮށްދިނީ އަހުމަދު ރިފްޝާން އެވެ.

މެޗުގެ ދެވަނަ ހާފު ވެސް ގައްދޫ އިން ވަރުގަދަކޮށް ފެށިއިރު، އެޓީމު ތިންވަނަ ލަނޑު ދެވަަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ވަހީބް ތަހުރާ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މެޗުގެން 54 ވަނަ މިނެޓުގައި އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އަލީ މުހައްމަދު އެވެ.

މިނަތީޖާއެކު ގައްދޫ އިން ކޮލިފައިންގ ނިންމާލީ ކުޅުނު ފަސް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ގްރީން ސްޓްރީޓުން ކޮލިފައިންގ ނިންމާލީ ކުޅުނު ފަސް މެޗުން ހޯދި ދެ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮވެއެވެ.

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި ބާކީ އެއްމެޗު އޮތްއިރު، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނެ ހަތަރު ޓީމަކީ ބިސް ބުރު ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު، ހއ.ދިއްދޫ އަދި ގދ.ގައްދޫ އެވެ.

އެގޮތުން، ކޮލިފައިންގް ތާވަލުގެ އެއް ވަަނަައިގައި އޮތް މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ފަސް މެޗުން 10 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި މިވަގުތު ހަތަރު ވަނައިގައި އޮތް ހއ. ދިއްދޫއަށް ހަަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ކޮލިފައިންގް ފަހު މެޗުގައި ބިސް ބުރު އަތުން މޮޅުވެ ތާވަލުގެ ތިންވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އަދި އެބައޮތެވެ.

ކޮމެންޓް
ފަހުގެ
HDC