logoEN
WAMCO TOP 1
އުރީދޫގެ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި

އުރީދޫގެ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި

ހަސަން ޝާއިން

logo

6/28/2026, 6:02:12 PM

# ދިވެހި ކުޅިވަރު # އުރިދޫ ނޭޝަންސް ކަޕް

އުރިދޫ ނޭޝަންގެ އީ-ސްޕޯޓްސް މުބާރާތެއްގެ ތެރެއިން..

މިހާރު ކުރިއަށްދާ އުރީދޫން ކުރިއަށްގެންދިޔަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، "އުރީދޫ ނޭޝަން ކަޕް 2026"ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލު ހޯދައިފިއެވެ.

THE TRAVELLER AD

މިއީ މިފަހަރުގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެން ގޮސްފައިވާ ހަރަކާތްތަކުގެ ބައެއްގެ ގޮތުން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ މޮޅު އެފްސީ 26ގެ 48 ކުޅުންތެރިން ވާދަކޮށްފައިވާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ 48 ގައުމުގެ ތެރެއިން އެއް ގައުމެކެވެ.

ވާދަވެރި މެޗުތަކަކަށްފަހު، ދެކުނު ކޮރެއާ ތަމްސީލުކުރި މުހައްމަދު ޒަމީލް ޒިހުނީ ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި އުރީދޫ ނޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. މި މުބާރާތުގެ ދެވަނަ މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި އަބްދުﷲ މާހިލް ހޯދާފައިވާއިރު، ތިންވަނަ ހޯދާފައިވަނީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހައިސެންސް ސްމާޓް ޓީވީ ދީފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު ޒަމީލް ޒިހުނީ އަށް ލިބިފައިވަނީ 8,000 ރުފިޔާއާއި، ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ އަކާއި ވޯލްޑް ކަޕް ރެޕްލިކާ ތައްޓެވެ.

އަދި ދެވަނަ ހާސިލު ކޮށްފައިވާ އަބްދުﷲ މާހިލްއަށް ލިބިފައިވަނީ 5,000 ރުފިޔާ އާއި ތަށި އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެކެވެ. ތިންވަނަ ހާސިލު ކޮށްފައިވާ ޒަކްވާން ޝިހާދުއަށް ލިބިފައިވަނީ 2,000ރުފިޔާ އާއި ތަށި އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެކެވެ.

އުރީދޫން އަންނަނީ ގޭމިން ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ހޯދައި ދިނުމަށް މަގުފަހިކޮށްދީ، އިޖުތިމާއީ ގުޅުން ބަދަހިކޮށް، ފުޓްބޯޅައަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ފާހަގަކުރުމަށް ވާދަވެރި މައިދާންތައް ތަނަވަސްކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC