logoEN
WAMCO TOP 1
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް: ފުރަތަމަ ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް: ފުރަތަމަ ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ހަސަން ޝަމްއޫން

logo

6/28/2026, 10:47:17 AM

# ދިވެހި ކުޅިވަރު # ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން

ފުރަތަމަ ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން.. ފޮޓޯ: އެސް-އޯއެމް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ފަރާތުން އިންތިޒާމުކޮށް ބޭއްވި ފުރަަތަމަ ނެޝަނަލް އެތްލެޓިކްސް ކޮމްޕެޓިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

25 ޖޫން 2026 އިން 26 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ 90 އެތްލީޓުން ވާދަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 29 އަންހެން އެތްލީޓުންނާއި 61 ފިރިހެން އެތްލީޓުންނެވެ. އަދި މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ޢުމުރުފުރާ އަކަށް ބަހާލައިގެންނެވެ.

އެގޮތުން 12 އަހަރުން ދަށުގެ އުމުރުފުރާ އަދި 12 އަހަރުން މަތީގެ އުމުރުފުރާ ހިމެނޭގޮތަށް މިމުބާރާތުގައި ވަނީ ޖުމްލަ އަށް އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. އަދި އޭގެ ތެރޭހައި ހިމެނެނީ 50މ ދުވުން، 80މ ދުވުން، 100މ ދުވުން،200މ ދުވުން އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު އެވެ.

މިއީ އެސް-އޯ މޯލްޑީވްސް އިން އެތުލެޓިކްސް މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. އަދި ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑީވްސް އިން ވަނީ މިއަހަރުގެ އެތްލެޓިކްސް މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން" އަށް ބަދަކު ކޮށްފައެވެ.

މުބާރާތާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސް-އޯ މޯލްޑީވްސްގެ ޗެއަރޕާރސަން އިބްރާހާހިމް ރަމީޒު ވިދާޅުވީ "ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެއަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނގައި ނޭޝަނަލް ކޮމްޕެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑީވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ އަދި މިއަހަރުން ފެށީގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ، މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގަ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން، މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލެ އައުމާ ހުރުމާ ކެއުމާ އެހެނިހެން ޚަރަދުތައް ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީ"

މުބާރާތް ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވީ މެޑަލް ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރ އަލްފާޟީލާފާޠިމަތު މުޙައްމަދު އެވެ. މީގެ އިތުރުން މިހަފްލާގައި އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް އަލްފާޟީލް މުސްޠަފާ މުޙާއްމަދު ގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެޑިރެކްޓަރ އަލްފާޟިލާ އަދީލާ ރުޝްދީ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC