logoEN
WAMCO TOP 1
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަންރުވާއަށް 50,000 ޑޮލަރު ހަދިޔާކުރަން ރާއްޖެއިން ނިންމައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަންރުވާއަށް 50,000 ޑޮލަރު ހަދިޔާކުރަން ރާއްޖެއިން ނިންމައިފި

އަހުމަދު ޝުރާއު

logo

7/2/2026, 8:36:52 AM

# ފަލަސްތީން

-

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިއްޔެ، ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ) މެދުވެރިކޮށް 50,000 އެމެރިކާ ޑޮލަރުގެ މާލީ އެހީއެއް ހަދިޔާކުރަން ނިންމާފައިވާކަން ދިވެހިރާއްޖެއިން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އެވެ.

ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ދިފާޢުގައި މަސައްކަތްކުރާ އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ގޮތުން ނިންމާ ނިންމުމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެއީ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމު ދަމަހައްޓައި ހިމާޔަތްކުރުމާ ނުހަނު ބޮޑަށް ގުޅުންހުރި އިންސާނިއްޔަތުކަމުގެ ބޮޑު އަމަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރު އަންރުވާގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ގޮންޖެހުންތަކަށް ބަޔާންކުރައްވައި، އެ އިދާރާއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ދާއިމީ މަންދޫބު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އަދި އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ޑރ އަލީ ނަސީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ފަލަސްޠީނުގެ މިނިވަންކަމާއި ހައްގުތަކުގެ ހޯދުމަށް ކުރާ ޖިހާދުގައި ދިވެހިރާއްޖޭގެ ބަދަލެއްނެތް ސިޔާސަތު ހާމަކުރައްވަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ސަރުކާރާއި ލޮބުވެތި ރައްޔިތުން އަބަދުވެސް ސާބިތުކަމާއެކު ތިއްބަވާނީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ކަމުގެ ފުރިހަމަ ޔަގީންކަން ދުނިޔޭގެ މަސްރަހުގައި ވަނީ އަރުވާފައެވެ.

ރާއްޖެއިން 2024 ވަނަ އަހަރުވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަންރުވާއަށް 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ.

ކޮމެންޓް
ފަހުގެ
HDC