
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް !
# ފަލަސްތީން# ފިތުރު ޒަކާތް-
މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 5 ލައްކައިން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފަލަސްތީނުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑެވެލޮޕްމަންޓްގެ ޓްރަސްޓް ފަންޑަށް 423،749 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.
އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާ މި ފައިސާ ހަވާލުކޮށްފައިވަނީ ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އިސްރާ އެސޯސިއޭޝަން މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރުމެވެ. ހާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.
ގުޅުންހުރި

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް !

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

.gif&w=3840&q=75)



