
ޔަހޫދީންނަށް އަދަބެއް ނުލިބުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފި
# ފަލަސްތީން# އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލިސްޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދު އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަނީ
ފަލަސްތީނުގެ ސަރަހައްދުތައް ހިފާ އެގައުމަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން، ބައިނަލްއަގްވާމީ ގާނޫނުތަކަށް ޔަހޫދީން ބޯނުލަނބައި، އަބަދެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތައް ނިމުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

މިކަމަށް ގޮވާލާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ޙައްގުތަކާބެހޭ މަޖިލީހުގައި ، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އިއްވި ބަޔާނުގަ އެވެ.
މި ބަޔާނުގައި ރާއްޖެއިން ވަނީ ޔަހޫދީންގެ އަސްކަރީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ފަލަސްތީނުގެ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.ހަމައެހެންމެ، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުން ހުއްޓުވުމަށާއި، އަނިޔާ ލިބެމުންދާ އާންމުންނަށް ބޭނުންވާ އެހީތެރިކަމާއި އަދުލުވެރި ބަދަލު ހޯދައިދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ބާރު އަޅާފަ އެވެ. އަދި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށާއި، އަމިއްލަ މިނިވަންކަން ކަނޑައެޅުމުގެ ޙައްޤަށް އިޙްތިރާމްކޮށް، މި މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްޙަވެރި ޙައްލެއް ހޯދުމަށް ބޭނުންވާ މާޙައުލެއް ޤާއިމުކުރުމަށް ގޮވާލާފަ އެވެ.ރާއްޖޭގެ ބަޔާން ނިންމާލާފައި ވަނީ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ޣައިރު ޤާނޫނީ އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.
ގުޅުންހުރި

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަންރުވާއަށް 50,000 ޑޮލަރު ހަދިޔާކުރަން ރާއްޖެއިން ނިންމައިފި




