logoEN
WAMCO TOP 1
އެންމެ މުހިންމު އެއް މާކެޓުގައި، ދިވެހި މަސްވެރިކަން ހުޅުވިގެން ހިނގައްޖެ- ޝިޔާމް

އެންމެ މުހިންމު އެއް މާކެޓުގައި، ދިވެހި މަސްވެރިކަން ހުޅުވިގެން ހިނގައްޖެ- ޝިޔާމް

އަހުމަދު ޝުރާއު

logo

5/20/2026, 5:26:39 PM

# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް (އިމްޕޯޓް ޑިއުޓީ) ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމުގެ ސަބަބުން އެންމެ މުހިންމު އެއް މާކެޓުގައި، ދިވެހި މަސްވެރިކަން ހުޅުވިގެން ގޮސްފައިވާ ކަމަށް ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. މި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އީ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި މަސް ބަންދުކުރާ ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ކާނާ ފޯރުކޮށްދޭ އެއްޗެއް ނޫންކަމަށާއި، އެއީ ތިމާވެއްޓާ ރައްޓެހި، މަސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކުގެ ތެރެއިން ބާނާ މަސް ކަަމަށެވެ. އަދި މިއަދު މިވަނީ އެންމެ މުހިންމު އެއް މާކެޓުގައި، ދިވެހި މަސްވެރިކަން ހުޅުވިގެން ގޮސްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި އައު އުސްމިންތަކަކަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ ހިކުމަތްތެރި އަދި ސާބިތު މަސައްކަތްޕުޅުތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތުގެ ސިނާއީ ބައިވެރިންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ކުރެއްވި މިންނެތް މަސައްކަތަށްޓަކައި އެފަރާތްތަކަށްވެސް ވަޒީރު ވަނީ ޝުކުރު އަދަކުރައްވަފައެވެ.

ކޮމެންޓް
ފަހުގެ
HDC