logoEN
WAMCO TOP 1
ކަނޑުމަތިން އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފި

ކަނޑުމަތިން އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފި

އަހުމަދު ޝުރާއު

logo

7/1/2026, 3:35:21 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި ބާރު އޮއިވަރަކާއެކު ކަނޑަށް އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު، މިއަދު މެންދުރުފަހު ދަތުރުކުރަމުންދިޔަ ފުލުހުންގެ ކަނޑުގެ އުޅަނދަކަށް ފެނިގެން ސަލާމަތްކޮށްފިއެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ސަލާމާތްކުރީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު، މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އިން ކަމަށެވެ.

އެގޮތުން މި ފަތުރުވެރިޔާ ސަލާމާތްކުރީ ސްނޯކްލިންގް ކުރަން އުޅުނު ރިސޯޓާ ގާތްގަނޑަކަށް އެއް މޭލު ބޭރަށް އޮޔާ ގޮސް، ކަނޑުމަތީގައި އެހީއަކަށް އެދިއެދި އޮއްވައި އެވެ.

އެ ފަތުރުވެރިޔާ ލޯންޗަށް ނަގައި، ކަނޑުމަތިން ސަލާމަތްކޮށް ވަނީ ފުރަތަމަ އެހީ ފޯރުކޮށްދީފައެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ އޭނާ ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސް، ރިސޯޓުގެ މެނޭޖްމަންޓާ ހަވާލުކޮށްދީފައެވެ.

މީޑިއާ އޮފިޝަލް ވަނީ އެ ފަތުރުވެރިޔާގެ ހާލު ރަނގަޅުކަން ކަށަވަރުކޮށްދީފައި އެވެ.

ކޮމެންޓް
ފަހުގެ
HDC